ދީނުގެމަގު ހަފްތާ މަޖައްލާއިން QR ކޯޑެއް ތަޢާރަފްކޮށްފި

”ދީނުގެމަގު“ގެ ޑިޖިޓަލް ކޮޕީ ގިނަބަޔަށް ފަސޭހަކަމާއެކު ފޯރުކޮށް ދިނުމަށްޓަކައި، އެންމެ ފަހުގެ މަޖައްލާ ޑައުންލޯޑު ކުރެވޭނެ  QRކޯޑެއް އެމަޖައްލާއިން ތަޢާރަފް ކޮށްފިއެވެ.

QR code for all magazines

އިޝްތިހާރު full width ad 1200 x 150

”ދީނުގެމަގު“ން ތަޢާރަފް ކޮށްފައިވާ މި ކޯޑުން އަބަދު ވެސް އެންމެ ފަހުގެ މަޖައްލާ ޑައުންލޯޑު ކުރެވޭނެ ކަމަށް މަޖައްލާގެ އެޑިޓަރު ވިދާޅުވެއެވެ.

”ގައި ދުރުކުރުމާއި، އެ ނޫން ވެސް ޞިއްޙީ އެތައް މިންގަނޑު ތަކެއް ބަލަމުން އަންނަ މި ދަނޑިވަޅުގައި މަޖައްލާގެ ”ޕްރިންޓެޑް ހާޑް ކޮޕީ“ ގައި ހިފުމަށް ބައެއް ފަރާތްތަކުން އުޒުރުވެރި ވަމުން އަންނާތީއާއި، އެންމެން ވެސް ޕޯނުގެ ޒަރީޢާއިން ގިނަކަންކަން ކުރަމުން އަންނަ މި ޒަމާނުގައި މިފަދަ ކޯޑެއްގެ ފައިދާ، ގިނަބަޔަކަށް އޭގެ އެންމެ އެދެވޭ ގޮތުގައި ކުރާނެކަމަށް އަޅުގަނޑުމެން ޤަބޫލު ކުރަން“ އެޑިޓަރ މުޙައްމަދު އަފްޞަލް ވިދާޅުވިއެވެ.

މި ކޯޑު ގެތަކުގައްޔާއި، ސްކޫލް ތަކުގައްޔާއި، އެކިއެކި ކިލާސްތަކުގައްޔާއި، ފިހާރަތަކާއި، އޮފީސް ތަކުގައި ވެސް ހަރުކޮށްފައި ބެހެއެޓުމަށް ވެސް ”ދީނުގެމަގު“ން އިލްތިމާސް ކުރެއެވެ.

”ދީނުގެމަގު“ މިއީ ކޮންމެ ހުކުރު ދުވަހަކު ހިލޭ ބެހާ ދީނީ މަޖައްލާއެކެވެ. މި މަޖައްލާގައި 4 މައުޟޫއަކަށް ލިޔެފައިވާ ދީނީ މަޒުނޫނު ކޮންމެ ހަފްތާއެއްގައި ވެސް އާންމުނާ ހަމައަށް ގެނެސްދެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.