ﷲ ރަޙްމަތްލެއްވި މީހަަކަށް މެނުވީ ދުނިޔޭގައިވެސް ސަލާމަތެއް ނެތެވެ.

ރައްކާތެރިކަމާއި އަމާންކަމަށް އިންސާނުން އަބަދުވެސް އެދޭނެއެވެ. ތިމާގެ އަމިއްލަ ނަފްސުގެ އަމާންކަމާއި، އަނބިދަރިންނާއި ގާތްތިމާގެ، ލޯބިވާ އެންމެނަށް އަމާންކަން ހޯދައިދެވޭތޯ މަސައްކަތް ކުރާނެއެވެ.

ދުނިޔޭގެ ނާމާން ކަމަށްވުރެ އާޚިރަތުގެ ނާމާންކަން މާބޮޑެވެ. ﷲއަށް ޝިރުކު ކުރާ ޙާލު ދުނިޔެ ދޫކުރި މީހާއަށްވުރެ ވަކިން ބޮޑަށް އަމާންކަން ގެއްލިފައިވާ މީހަކު ނުހުންނާނެއެވެ. ދުނިޔެއާއި އާޚިރަތުގެ އަމާންކަން އެންމެ ފުރިހަމައަށް ލިބެން އޮވެމެ އެކަން ގެއްލި ދިޔަ މީހެއްގެ ވާހަކަ ކީރިތި ޤުރްއާނުގައި ﷲ ވަނީ ޛިކުރު ކުރައްވާފައެވެ. އެއީ ނޫޙުގެފާނުންގެ ދަރިކަލުން ނެވެ.

އިޝްތިހާރު Below Header ad

ނޫޙުގެފާނުގެ ޤައުމަށްފޮނުވުނު ބިރުވެރިތޫފާނުގައި ޖެހި ކާފަރުންތަށް ހަލާކުވެދިޔައިރު އޭގެތެރޭގައި އެކަލޭގެފާނުގެ ދަރިކަލުންވެސް ހަލާކުވިއެވެ. އެޠޫފާނުގައި ސަލާމަތްވީ ﷲއަށް އީމާންވެ، ނޫޙުގެފާނަށް ތަބަޢަވެ އެކަލޭގެފާނު ބެންނެވި ނަވަށް އެރި މީހުނާއި އެނަވުގައި ތިބި ޖަނަވާރުތައް އެކަންޏެވެ. އެނޫން އެންމެން ހަލާކުވެ ދިޔައީއެވެ.

ނޫޙުގެ ފާނުގެ ދަރިއަކު ރާޅުތަކު ތެރޭ ޣަރަޤްވާ މަންޒަރު ދެކެލައްވަން އެ ކަލޭގެފާނަށް ކެތްނުކުރެވިގެން އަސަރާއެކު އެދަރިފުޅަށް ގޮވައިލެއްވި ގޮވައިލެއްވުން ﷲ ވަނީ ކީރިތި ޤުރްއާނުގައި ހިމަނުއްވާފައެވެ. ވަޙީކުރެއްވި އެވެ. ((وَهِيَ تَجْرِي بِهِمْ فِي مَوْجٍ كَالْجِبَالِ وَنَادَىٰ نُوحٌ ابْنَهُ وَكَانَ فِي مَعْزِلٍ يَا بُنَيَّ ارْكَب مَّعَنَا وَلَا تَكُن مَّعَ الْكَافِرِينَ)) ﴿النوح: ٤٢﴾ މާނައީ:- “އަދި ފަރުބަދަތައް ފަދަ ރާޅުތަކެއްގެ ތެރޭގައި، އެއުރެންނާއިގެން އެ ނާކޮޅު ދުވަމުންދެއެވެ. އަދި نوح ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވައިލެއްވިއެވެ. އޭރު އެ ދަރިކަލުންވީ (އެހެންމީހުންނާ) ވަކިން ދުރުގައެވެ. އޭ ދަރިފުޅާއެވެ! ތިމަންމެންނާއެކު (ނާކޮޅަށް) އަރާށެވެ! އަދި كافرންނާ އެކުގައި ނުވާށެވެ!”

ނަސޭޙަތުގެ މި ގޮވައިލެއްވުމަށް އިޖާބަދެވޭ ވަރަށްވުރެ މާބޮޑު ފުރެދުމެއްގައިވި އެ ދަރިފުޅުގެ ޖަވާބަކަށްވީ ކިބުރުވެރި ކަމުގެ ބަސްތަކެވެ. ތިމަންނާ މިތަނުން ފަރުބަދައަކުން ސަލާމަތް ހޯދާނަމޭ ބުނުމެވެ. އެހެނަސް އެއީ ވާނޭކަމެއް ނޫނެވެ. ދުނިޔޭގައިވެސް ސަލާމަތެއް އޮތީ ﷲ ރަޙުމް ކުރެއްވި އަޅަކަށެވެ. ދެން ކަންތައް ވެގެން ދިޔަގޮތް ބަޔާން ކުރައްވައި ﷲ ވަޙީ ކުރައްވަނީ ((قَالَ سَآوِي إِلَىٰ جَبَلٍ يَعْصِمُنِي مِنَ الْمَاءِ ۚ قَالَ لَا عَاصِمَ الْيَوْمَ مِنْ أَمْرِ اللَّـهِ إِلَّا مَن رَّحِمَ ۚ وَحَالَ بَيْنَهُمَا الْمَوْجُ فَكَانَ مِنَ الْمُغْرَقِينَ)) ﴿النوح: ٤٣ މާނައީ:- “އެ ދަރިކަލުން ދެންނެވިއެވެ. ފެނުން، ތިމަން ރައްކާތެރިކުރާނޭ ފަރުބަދައަކަށް ތިމަން ހިނގައިދާހުށީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. اللَّه ގެ أمر ފުޅުން (އެބަހީ: اللَّهގެ عذابން) ރައްކާތެރިކުރާނޭ ފަރާތެއް، އެކަލާނގެ رحمة ލެއްވި މީހަކަށް މެނުވީ މިއަދަކު ނެތެވެ. އަދި އެ ދެބަފައިކަލުންގެ ދެމެދުގައި ރާޅު ހުރަސްއެޅިއެވެ. އަދި غرق ކުރެއްވި މީހުންގެ ތެރެއިން، އެ ދަރިކަލުންވިއެވެ.” 

ދުނިޔޭގައިވެސް އާޚިރަތުގައިވެސް ގެއްލި ހަލާކުވީއެވެ. ﷲގެ ރަޙުމަތުން މެނުވީ ސަލާމަތެއް ނެތެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.