ކީރިތި قرآن ختم ކުރުމަށްފަހު ކިޔަވާ ދުޢާ ގެ މާނަ

ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި الله އަށެވެ. ހެޔޮނިމުން ވަނީ ތަޤްވާވެރީންނަށެވެ. އަނިޔާވެރިވާ ބައެއްގެ މައްޗަށް މެނުވީ ޢަދާވާތްތެރިވުމެއް ނެތެވެ. ޞަލަވާތާއި ސަލާމް ޙައްޤުވެގެން ވަނީ އަޅަމެންގެ ރަސޫލާ މުޙަންމަދުގެފާނުގެ މައްޗަށާއި އެކަލޭގެފާނުގެ އެންމެހާ އާލުންނާއި އަޞްޙާބުންގެ މައްޗަށެވެ.

ަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ ކިބައިން މިކަން ޤަބޫލުކުރައްވައިފާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ މޮޅަށް އައްސަވައިވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަޅަމެންގެ މައްޗަށް ތައުބާ ލައްވާފާނދޭވެ! އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާކޮ! ހަމަ ކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ! ކީރިތި ޤުރްއާނުގެ ބަރަކާތްތެރި ކަމުގެ ސަބަބުންނާއި ޢާލަމްތަކަށް ރަޙްމމަތެއްގެ ގޮތުގައި އިބަރަސްކަލާނގެ ފޮނުއްވި މަތިވެރި ނަބިއްޔާގެ ޙުރުމަތަށްޓަކައި އަޅަމެންނަށް ތެދުމަގު ދައްކަވާނދޭވެ! އަދި ޙައްޤާއި ސީދާވެގެންވާ ތެދުމަގުގައި ދެމިތިބުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! އަދި އަޅަމެންނަށް ޢަފޫކުރައްވާނދޭވެ! ދީލަތިވަންތަ ރަސްކަލާކޮ! އަޅަމެންނަށް ޢަފޫކުރައްވާނދޭވެ! އޯގާވަންތަ ރަސްކަލާކޮ! އެންމެހައި ދީލަތަވަ ންތަ ފަރާތްތަކުގެ ތެރެއިން އެންމެ ދީލަތިވަންތަ ރަސްކަލާކޮ! އިބަރަސްކަލާނގެ އޯގާވަންތަކަމާއި އިބަރަސްކަލާނގެ ދީލަތިވަންތަކަމުން އަޅަމެންގެ ކުށްތައް އަޅަމެންނަށް ޢަފޫކޮށްދެއްވާނދޭވެ!

އިޝްތިހާރު Below Header ad

އިތުރަށް ވިދާޅުވުމަށް، ނުވަތަ ޕީޑީއެފް ޑައުންލޯޑު ކުރެއްވަށް މި ލިންކަށް ފިތާލައްވާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.