މައުމޫން ފެކްޝަނުން ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ވައްޑެ އަދި ނާދިރާ

ޕީޕީއެމް ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ފެކްޝަނުން އެޕާޓީގެ ނައިބު ރައީސް ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަޙީދު (ލޯޔަރު ވައްޑެ) އާއި ޕީޕީއެމްގެ ކައުންސިލްގައި ކުރިން ހިމެނިވަޑައިގެންނެވި އާމިނަތު ނާދިރާ ހަމަޖައްސައިފިއެވެ.

މި ދެބޭފުޅުން އެ ޕާޓީގެ ނައިބު ރައީސް ކަމަށް ހަމަޖެއްސެވީ ރޭ ބޭއްވި މައުމޫން ފެކްޝަންގެ ކައުންސިލް ބައްދަލުވުމުގައެވެ.

އިޝްތިހާރު Below Header ad

ރޭ ބޭއްވި މި ފެކްޝަންގެ ކައުންސިލް ބައްދަލުވުމުގައި ޕީޕީއެމްގެ ތަރުޖަމާން ކަމުގެ މަގާމުގައި ހުންނެވި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވަކިކޮށް އެމަގާމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވެސް ވަނީ ހަމަޖައްސަވާފައެވެ.

މައުމޫން ފެކްޝަނުން ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި 13 ބޭފުޅުން ބައިވެރިވި ކަމަށް އެ ފެކްޝަނުން މައުލޫމާތު ދެއްވިއެވެ. އެހެން ނަމަވެސް ރައީސް ޔާމިނަށް ތާއިދު ކުރައްވާ ބޭފުޅުންނަށް މި ބައްދަލުވުމުގައި ހިމެނި ވަޑައިގެންފައިވާކަން ކަށަވަރު ކޮށެއް ނުދެއްވައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.