ދިރާގުން ހިލޭ ވައިފައި ލިބޭ ހޮޓް-ސްޕޮޓުތައް ޤާއިމްކޮށް ރަސްމީކޮށް އިފްތިތާހުކޮށްފި

ދިރާގުން ހިލޭ ވައިފައި ލިބޭ ހޮޓް-ސްޕޮޓުތައް ޤާއިމްކޮށް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

ރަސްރަނި ބަގީޗާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ރަޝީދާއި މާލޭގެ މޭޔަރު ޝިފާ މުހައްމަދެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދިރާގުގެ ޑިޖިޓަލް ރާއްޖެ އިނިޝިއޭޓިވްގެ ދަށުން ފެށި މި މަސައްކަތުގައި މާލެ ހުޅުމާލެ އަދި ވިލިމާލޭގެ ޕާކުތަކާއި ޢާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނުގައި ދިރާގުން ހިލޭ ވައިފައި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި މޭޔަރު ޝިފާ ވިދާޅުވީ މިފަދަ ޚިދުމަތެއް މާލޭގައި ތަޢާރަފުވެގެން ދިޔުމަކީ މާލެއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިޒަމާނުގައި ކުރާ ހުރިހާ ކަމެއްވެސް އިންޓަރނެޓާއި ގުޅިފައިވާ ކަމަށެވެ.

”އިންޓަރނެޓަކީ މިހާރު އެންމެނަށްވެސް ޒަރޫރި ބޭނުމަކަށް ވެފައިވާ އެއްޗެއް. ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ވަރުގަދަ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދަނީ. ދިރާގުން މިކަމަށް އެއްބާރުލުންދިނުމަކީ މިކަމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް“ ޝިފާ ވިދާޅުވިއެވެ.

ކުރިޔަށް އޮތް ތަނުގައި އަތޮޅުތެރޭގައިވެސް މި ޚިދުމަތް ތަޢާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދިރާގުން ބުންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.