ޑިޕޮސިޓަކާ ނުލާ ލުއި ފުޅި ލިބޭ ޕްރޮމޯޝަނެއް ވިލާ ގޭހުން ފަށައިފި

ވިލާ ގޭހަށް އަލަށް ރަޖިސްޓްރީ ކުރާ މީހުންނަށް ޑިޕޮސިޓަކާ ނުލާ ލުއި ފުޅި ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ކުންފުނިން ބުނީ އަލަށް ރަޖިސްޓްރީވާ ކަސްޓަމަރުން 200ރ. ދައްކައިގެން ގޭހާ އެކު ފުޅި ލިބޭނެ ކަމަށާއި މިއީ މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ވިލާ ގޭސް ބިލްޑިންގއަށް ގޮސްގެންވެސް ނުވަތަ ކަސްޓަމަރުގެ ނަމާ އެޑްރެސް އަދި އައިޑީ ކާޑްނަމްބަރު ޖެހުމަށް ފަހު 9815251 އެސްއެމްއެސް ކޮށްގެންވެސް ބައިވެރިވޭނެ ކަމަށް ވިލާ ގޭހުން ބުންޏެވެ.

މިއީ ލިމިޓެޑް އަދަދެއްގެ ލުއި ފުޅިތަކެއް ލިބޭ ގޮތަށް ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށާއި އެހެންކަމުން އަވަހަށް ރަޖިސްޓްރީ ކުރުމަށްވެސް އެ ކުންފުނިން އެދެއެވެ.

ލައިފްސޭފް ފުޅިއަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ފުޅިއެކެވެ. މި ފުޅިއަކީ ދަނގަނޑުފުޅިތަކާ އަޅާބަލާއިރު ބަރުދަން ލުއި އަދި ދަބަރު ނުޖަހާ ފުޅިއެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.