މިހާރު ކުރިޔަށްދާ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްްސް ބައްދަލުކުރި މެޗު ބީޖީ ރެލިގޭޓް ވެއްޖެއެވެ
ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ދާދިހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއްމ ނުޖެހިއެވެ.
ފަހުހާފަށް ކުޅެންނިކުމެ މެޗުގެ ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ނިއުރޭޑިއަންޓުންނެވެ. މެޗުގެ 55 ވަނަ މިނެޓުގައި އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ހަމްޕުގެ ލަނޑުން ނިއު މޮޅުވާން ދަނިކޮށް 85 ވަނަ މިނެޓުގައި ބީޖީގެ ބިދޭސީ ކުޅުންތެރިއާ ޑެނިއެލް ފިލެމަން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ލީގުގައި މި ދެ ޓީމަށްވެސް ބާކީ އެއް މެޗު އޮތްއިރު ނިއުރޭޑިއަންޓް އޮތީ ތާވަލުގެ 6 ވަނާގައެވެ. ނިއު 6 ވަނާގައި އޮތީ 20 ޕޮއިންޓްއާއެކުއެވެ. ބީޖީ އަޮތީ 14 ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުގަ އެވެ.
އުރީދު ދިވެހި ޕްރިމިއާ ލީގުގައި 19 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައި ވިކްޓްރީ އޮތްއިރު 23 ޕޮއިންޓާއެކު ޔުނައިޓެޑު ވިކްޓަރީ އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ. ލީގު ތާވަލުގެ އެންމެ ކުރީގައި 44 ޕޮއިންޓް ހޯދައިގެން އޮތީ ޗެމްޕިއަން މާޒިޔާ އެވެ. 39 ޕޮއިންޓާއެކު ޓީސީ ދެވަނައިގައި އޮތްއިރު އެއް އެޓީމަށްވުރެ ޕޮއިންޓް މަދުން ލީގުގެ ތިންވަނައިގައި އޮތީ ކުލަބު އީގަލްސް އެވެ.