
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 113 މައްސަލަ މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅި
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 113 މައްސަލަ މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑަރ މިނިސްޓްރީން ކޮންމެ މަހަކު ނެރޭ ތަފާސް ހިސާބުން ދައްކާގޮތުގައި މިއީއެޕްރީލް މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 55 އިންސައްތަ ކަމަށެވެ. އަދި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި މި ބާވަތުގެ 37 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށްވެސް ތަފާސް ހިސާބުގައިވެއެވެ.
މީގެ އިތުރުން ޖިންސީ ހާނީއްކައިގެ 22 މައްސަލައާއި ޖިސްމާނީ ހާނީއްކައިގެ 22 މައްސަލައާއި ނަފްސާނީ ހާނީއްކައިގެ 22 މައްސަލައާއި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 5 މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ތަފާސް ހިސާބުގައިވެއެވެ.
ހަމަމިއާއެކު އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 4 މައްސަލައާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުވުމުގެ މައްސަލައެއްވެސް ހުށަހަޅާފައިވާކަމަށް ބުނެފައިވެއެވެ.



