
އެޑިއުކޭޝަން މިނިސްޓްރީގެ ނައިބުގެ މަޤާމަށް މުޙައްމަދު އިޙްސާން ޢައްޔަންކުރައްވައިފި
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނައިބުގެ މަޤާމަށް މުލަކަތޮޅު ދިއްގަރު ޕްރޭމްނަގަރު، މުޙައްމަދު އިޙްސާން ޢައްޔަންކުރައްވައިފިއެވެ.
ތަޢުލީމީ ވުޒާރާގެ ނައިބުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޢައްޔަނު ކުރެއްވި
މުޙައްމަދު އިޙްސާނަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ޑިޕްލޮމާ އިން ޓީޗިންގ، މިޑްލް ސްކޫލް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
މުޙައްމަދު އިޙްސާން މިހާތަނަށް ހުންނެވީ މަޖީދިއްޔާ ސްކޫލްގެ މެތަމެޓިކްސް ޓީޗަރެއްގެ މަޤާމުގައެވެ.



