
ދިރާގު ޕޭ ގެ ޚިދުމަތް މާރުކޭޓު ގޮޅިތަކާއި ހަމައަށް ފޯރައިފި
ދިރާގު ޕޭ ގެ ޚިދުމަތް މާރުކޭޓު ގޮޅިތަކާއި ހަމައަށް ފޯރައިފިއެވެ.
މި ޚިދުމަތް ޑިޖިޓަލްކޮށް މިއަދު ހެނދުނުން ފެށިގެން ވަނީ މާރުކޭޓުގައިދޭން ފަށާފައެވެ.
އެހެންނަމަވެސް މިވަގުތު މި ޚިދުމަތް ލިބޭނީ ލޯކަލް މާރުކޭޓުގެ އެންމެ ގޮޅިއަކުންނެވެ.
މީގެ އިތުރުން އަމީނީ މަގުގައި ހުންނަ މާރުކޭޓުންނާއި މަޖީދީ މަގުގައި ހުންނަ މާރުކޭޓުންނާއި ހުޅުމާލޭގައި ހުންނަ މާރުކޭޓުގައިވެސް ދިރާގު ޕޭގެ ޚިދުމަތް ދިނުމަށް އެކުންފުނިން އަންނަނީ ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ.
ދިރާގުން ބުނީ މި ޚިދުމަތް ރަމަޟާން މަސް ނިމުމުންވެސް އެތަންތަނުން ދޭނެކަމަށެވެ.
މި ޚިދުމަތާ އެކު އެ ކުންފުނިން ވަނީ ރަމަޟާން މަހަށް ޚާއްޞަކޮށް ޕްރޮމޯޝަނެއް ފަށާފައިވާ އިރު، ދިރާގު ޕޭ މެދުވެރިކޮށް ކުރާ 150ރ. ގެ ވިޔަފާރިއަކަށް ކަރާ ކިލޯއެއް ހިލޭ ލިބޭނެއެވެ.
2017 ވަނަ އަހަރު ތަޢާރަފްކުރި ކޭޝްލެސް ޚިދުމަތް ”ދިރާގު ޕޭ“ ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ.



