ޚަބަރު ފީތާ

އެސްޓީއޯގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރު ތިމަރަފުއްޓާއި ކުޑަހުވަދޫގައި ބާއްވާގޮތައް ހަމަޖައްސައިފި.

ފޮޓޯ:އެފްއޭއެމް

މިހާރު ކުރިޔައްދާ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް 2016 ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ މެޗުތަށް ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫގައި ކުރިއަށް ގެންދަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހަމަޖައްސަވައިފިއެވެ.

ފައިނަލް ބުރުގެ މެޗުތަށް ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫގައި ކުރިއަށް ގެންދަން ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމިއިރު މި މުބާރާތުގެ ފައިނަލް ރައުންޑުގެ މެޗުތައް މިމަހުގެ 28ގައި ފެށުމަށް ވަނީ އެފްއޭއެމްއިން ހަމަޖައްސާފައެވެ.

އެފްއޭއެމްއިން ހާމަކުރި ގޮތުގައި މި މުބާރާތުގެ ފައިނަލް ބުރުގެ ގުރުއަތުލުން މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 3 ޖަހާއިރު އެފްއޭއެމް ހައުސްގައި އޮންނާނެއެވެ.

މުޅިރާއްޖެއަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޖުމުލަ 75 ޓީމަކުން ބައިވެރިވެފައިވާއިރު މި މުބާރާތުގެ ޒޯން ޗެމްޕިއަންކަން ހޯދައި ފައިނަލް ބުރުން ޖާގަ ހޯދާފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދުއާއި، ހދ. ހަނިމާދޫ، ނ. ލަންދޫ، ބ. އޭދަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށީގެ އިތުރުން ގއ. ދެއްވަދޫއެވެ.

އެފްއޭއެމްއިން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ވާގޮތުން ކޮންމެ ޓީމެއްވެސް މެޗު ކުޅެން ކަނޑައެޅިފައި އޮންނަ ރަށަކަށް މެޗުކުޅެން އަންނައިރު އަންނަންވާނީ އެ ޓީމެއްގެ ދެ ދިދަ ހިފައިގެން ކަމަށެވެ.

Rate this post