އަނިޔާގެ ސަބަބުން ބަޔާން މިއުނިކަށް ކުޅެމުން އަންނަ ފްރާންސްގެ ފްރޭންކް ރިބެރީ ތިން ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަންޖެހިއްޖެއެވެ.
މިދިޔަ ހުކުރު ދުވަހު ބަޔާންއިން ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވަނިކޮށް ރިބެރީގެ ފަޔަށް އަނިޔާވެފައިވާއިރު އޭނާއަށް
އަލުން ކުޅުމުގެ ތެރެއަށް އާދެވޭނީ މަދުވެގެން ރިބެރީއަށް ދެތިން ހަފްތާ ފަހުންކަމަށް ބަޔާންގެ އެސިސްޓެންޓް ކޯޗު ހޭމަން ޖެލާންޑް ވަނީބުނެފައެވެ.
މި އަނިޔާ އާއި ގުޅިގެން، ޗެމްޕިއަންސް ލީގުގައި ޕީއެސްވީ އާއި ދެކޮޅަށް ކުޅޭ މެޗުގެ ރިބެރީއަށް ގެއްލޭނެއެވެ. އަދި މީގެ އިތުރުން ލީގުގައި ބަޔާންއިން ކުޅޭ ބައެއް މެޗުތައްވެސް އޭނާއަށް ގެއްލޭނެއެވެ.
އަނިޔާގެ މައްސަލަ ކުރިމަތިވިއިރު ރިބެރީ ވަނީ މި ސީޒަނުގައި މިހާތަނަށް ބަޔާންއަށް 9 މެޗު ކުޅެދީ ދެ ގޯލް ކާމިޔާބުކޮށްދީފައެވެ.
ރިބެރީއަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ކުޅުމާއި ދުރުގައި ހުންނަންޖެހުނުއިރު ގިނަ ދުވަސްތަކަކަށްފަހު ކުޅުމާއި ދުރުގައި ހުރި ބަޔާންގެ ޑިފެންޑަރު ހޮލްގާ ބަޑްސްޓުބާ ވަނީ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައެވެ.