އޮފީސް ނެޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ޕީޖީ އޮފީހާއި އާސަންދަ މޮޅުވެއްޖެ

މިހާރު ކުރިޔައްދާ އޮފީސްތަކުގެ ނެޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ޕީޖީ އާއި އާސަންދަ މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ ބޭރު ކޯޓުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ޕީޖީ އޮފީހާއި މީޑިއާނެޓް އެވެ. އެ މެޗު 19 ޕޮއިންޓް 13 ޕޮއިންޓުން ކާމިޔާބުކުރީ ޕީޖީ އެވެ.

އިޝްތިހާރު Below Header ad

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕީޖީގެ މައީޝާ ޔޫސުފް އެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ އާސަންދަ ކޮމްޕެނީ އާއި ރައީސް އޮފީހެވެ. އެ މެޗު 27 ޕޮއިންޓް 11 ޕޮއިންޓުން އާސަންދަ ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ފާތިމަތު އުލްފާ އަބްދުލް ޝުކޫރު އެވެ.

މިފަހަރުގެ މުބާރާތުގައި ޖުމްލަ 15 ޓީމެއް ވަނީ ބައިވެރިވެފަ އެވެ. އެއީ އެމްއެމްއޭ ސޯޝަލް ކްލަބު،ފިޝަރީޒް މިނިސްޓްރީ، އެއްއޭސީއެލް، ކްލަބު އާސަންދަ،އެޗްޑީސީ، ބީއެމްއެލް، އިމިގްރޭޝަން، އެންވަޔަރަމެންޓް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، މީރާ، ކްލަބު 220 (ޕީޖީ އޮފީސް)، ރައީސް އޮފީސް، މީޑިއާ ނެޓްގެ އިތުރުން އެމްއެންޑީއެފް އަދި ޓީމް އެސްޓީއޯ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.