ޚަބަރު ފީތާ

ޕާޓީގެ އޮފީސް ހަވާލެއް ނުކުރާނަން: މައުމޫން

މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަކި ބޭފުޅަކާއި ޕީޕީއެމް އޮފީސް ހަވާލުކުރަން ނެތް ކަމަށާއި ޕީޕީއެމް އޮފީސް ރައީސް އަބްދުﷲ ޔާމީން އާއި ހަވާލުނުކުރައްވާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދި ޕީޕީއެމް އޮފީހުގައި މައުމޫން ފެކްޝަންގެ ކައުންސިލް ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ރައީސް ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ކުރީގެ ނައިބުރައީސް ގުޅުއްވާފައި ޕާޓީގެ އޮފީހުގެ ތަޅުދަނޑި އާއި ހަވާލުވާން އަންނަ ކަމަށް ވިދާޅުވެފަވާކަމަށާއި އެބޭފުޅާއަކީ މިހާރު ޕާޓީގެ އެއްވެސް ހައިސިއްޔަތެއް އޮތް ބޭފުޅެއް ނޫންކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ އެގޮތަށް އެކަންތަށް ނުކުރައްވާނެ ކަމަށާއި ސިވިލް ކޯޓުން ކުރި ހުކުމަށް އަދި އަމަލުނުކުރައްވަވާނެ ކަމަށެވެ.

އެހެން ކަމުން އެއްވެސް ފަރާތަކާއި ޕާޓީގެ އޮފީސް ހަވާލުނުކުރައްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

Rate this post