ފެހި ފަހި ކްލަބްގެ ފަރާތުން ޑިޒާސްޓަރ މެނޭޖްމަންޓްގެ ހުރިހާ މުވައްޒަފުންނަށް ރީޔޫސަބަލް ފުޅި ހަދިޔާކޮށްފި

ފެހި ފަހި ކްލަބްގެ ފަރާތުން ޑިޒާސްޓަރ މެނޭޖްމަންޓްގެ ހުރިހާ މުވައްޒަފުންނަށް ރީޔޫސަބަލް ފުޅި ހަދިޔާކޮށްފިއެވެ.

މި ފުޅިތައް ހަދިޔާ ކުރީ ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ކެމްޕެއިންގެ ދަށުން  ގިނަ ފަހަރު ބޭނުންކުރެވޭ އަދި ތިމާވެށްޓާއި ރައްޓެހި ފުޅި ހަދިޔާކުރުމުގެ މަޝްރޫޢުގެ ދަށުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެންވަޔަރްމެންޓް މިނިސްޓްރީން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް މިއަދު ހަދިޔާކޮށްފައިވަނީ ގިނަ ފަހަރު ބޭނުންކުރެވޭ ތިމާވެށްޓާ ރައްޓެހި 22 ފުޅިއެވެ.

މި ފުޅިތައް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ޙަވާލުކޮށްދެއްވީ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަސީރެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ފަރާތުން ފުޅިތަކާ ޙަވާލުވެލެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިސާން ހަސަނެވެ.

Fehi Fahi 1

އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކް މަދުކުރުމާއި ގުޅޭގޮތުން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި މިނިސްޓްރީން ދަނީ މަޝްވަރާކުރަމުންނެވެ.

މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ ސްކޫލްތަކަށް އަލަށް ގްރޭޑް 1 އަށް ވަންނަ ދަރިވަރުންނަށް ގިނަ ފަހަރު ބޭނުންކުރެވޭ އަދި ތިމާވެށްޓާއި ރައްޓެހި ’ސުޕަރ ފެންފުޅި‘ ހަދިޔާކުރުމުގެ ޕްރޮގްރާމެއް އެންވަޔަރްމެންޓް މިނިސްޓްރީއިން ވަނީ ފަށާފައެވެ.

އެގޮތުން 28 ޑިސެމްބަރ 2018 ގައި މިނިސްޓްރީން ވަނީ ރާއްޖޭގެ ޖުމްލަ 15 ސްކޫލަކަށް ގިނަ ފަހަރު ބޭނުންކުރެވޭ އަދި ތިމާވެށްޓާއި ރައްޓެހި ’ސުޕަރ ފެންފުޅި‘ ހަދިޔާކޮށްފައެވެ. އަދި މިނިސްޓްރީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ވަނީ ތިމާވެށްޓާއި ރައްޓެހި ފުޅި ހަދިޔާކޮށްފައެވެ.  މީގެ އިތުރުން ރާއްޖޭގެ އިތުރު 3 ސަރަޙައްދެއްގެ ސްކޫލްތަކަށް މި ފުޅި ބެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް މިނިސްޓްރީގެ ފެހި ފަހި ކްލަބްގެ ފަރާތުން މިއަދު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސް (މެޓް) އޮފީހަށް ގިނަ ފަހަރު ބޭނުންކުރެވޭ ތިމާވެށްޓާ ރައްޓެހި ފުޅި ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.

Fehi Fahi 2

ސިންގަލް ޔޫސް ޕްލާސިޓިކް މަދުކުރުމުގެ ކެމްޕެއިނަކީ ރައީސުލްޖުމްހޫރިއްޔާގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެގޮތުން ސަރުކާރުން ނިންމާފައިވަނީ މީގެ އެއްމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ފެންފުޅި ބޭނުންކުރުން ހުއްޓާލުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.