ޒިންމާދާރުކަމާއެކު ތަކެތި ބޭނުންކޮށް އުފެއްދުމާއި ގުޅޭގޮތުން ބައްދަލުވުމެއް ފަށައިފި

ޒިންމާދާރުކަމާއި އެކުގައި ތަކެތި ބޭނުންކޮށް އުފެއްދުމާއި ގުޅޭގޮތުން މަލްޓި-ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ބައްދަލުވުމެއް މިއަދު ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ފަށައިފިއެވެ.

މި ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބައްދަލުވުމަކީ ޔޫރަޕިއަން ޔޫނިއަން ގެ ސްވިޗް އޭޝިޔާ ފެސިލިޓީއާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގުޅިގެން އ.ދ ގެ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ 12 ވަނަ ލަނޑުދަނޑި ކަމުގައިވާ ޒިންމާދާރުކަމާއި އެކުގައި ތަކެތި ބޭނުންކޮށް އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގައި އެކިއެކި ދާއިރާތަކުގައި ވަސީލަތްތައް ބޭނުން ކުރެވޭ ގޮތާއި އަދި އެކިއެކި ގިންތިތަކުގައި އިސްރާފު ކުޑަކޮށް އެންމެ ހަރުދަނާ ކަމާއިއެކު ތިމާވެށްޓާ ރައްޓެހި ގޮތެއްގައި އަމަލުތައް ބެހެއްޓުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ބާރުއެޅުމެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި އީޔޫ ސްވިޗް އޭޝިޔާ ފެސިލިޓީގެ ފަރާތުން ހުޅުވާލެވިފައިވާ ހިލޭ އެހީގެ ޕްރޮގްރާމާއި ގުޅޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު އެރުވޭނެއެވެ.

މި ޕްރޮގްރާމަކީ ޒިންމާދާރުކަމާއި އެކު ތަކެތި އުފައްދާ ބޭނުން ކުރުމަށް މަސައްކަތްކުރެވި ނަތީޖާ ނެރެވިދާނެ ފަދަ މަޝްރޫއުތަކަށް ހިލޭ އެހީ ދިނުމަށް ވިލާތުގެ އިއްތިހާދުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެއް ދުވަހަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ގުޅުން ހުރި މިނިސްޓްރީތަކާއި ސަރުކާރުގެ އެކިއެކި އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން، ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.