ދިރާގުގެ ބައެއް ޚިދުމަތްތައް އަންނަ ބުރާސްފަތި ދުވަހު މެދުކަނޑާލަނީ

ދިރާގުގެ ބައެއް ޚިދުމަތްތައް އަންނަ ބުރާސްފަތި ދުވަހު މެދުކަނޑާލުމަށް ނިންމައިފިއެވެ.

ރާއްޖޭގެ އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތް ދޭ ކުންފުނި ދިރާގުން ބުނީ އެކުންފުނީގެ ޚިދުމަތްތައް ބްރާސްފަތި ދުވަހު މެދުކަނޑާލަނީ މިއީ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ. އެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފްތާގެ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެހެންނަމަވެސް އެމުއްދަތުގައިވެސް އެއްވެސް މެދުކެނޑުމެެއްނެތި ޑޭޓާ އާއި އެސްއެމްއެސް އާއި ވޮއިސް ކޯލްތައް ކުރެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. ނަމަވެސް ބައެއް ސަޕޯޓް ސިސްޓަމްގެ ޚިދުމަތްތައް އެމުއްދަތުގައި ނުލިބޭނެ ކަމަށް ބުނެއެވެ.

އެގޮތުން ބިލުތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް އެމުއްދަތުގައި މެދުކެނޑޭނެ ކަމަށާއި ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހާއި ހަމައަށް ބައެއް ޗެނަލްތަކުގެ ޚިދުމަތްތައްވެސް މެދުކެނޑޭނެ ކަމަށްވެސް ބުންޏެވެ.

ދިރާގުން އިތުރަށް ބުނީ ކަސްޓަމަރ ސަރވިސް ސެންޓަރުތަކާއި ދިރާގު ޕާޓްނަރ ފިހާރަތަކާއި އެ ކުންފުނީގެ އޮންލައިން ޚިދުމަތްތަކާއި އެ ކުންފުނީގެ ވެބްސައިޓްގައިވާ މައި އެކައުންޓާއި އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަނާއި މަމެން މޮބައިލް އެޕްލިކޭޝަން އަދި ދިރާގު ޕޭ އާއި ސެފްލް ކެއަރ ޗެނަލްސްތަކުގެ ޚިދުމަތްވެސް އެ މުއްދަތުގައި ކެނޑޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.