
އޮކްސީ ޕްރައިވެޓް ލިމިޓެޑުން މީރާއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
އޮކްސީ ޕްރައިވެޓް ލިމިޓެޑުން މީރާއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.
އެ ކުންފުނީގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައިވަނީ އޮކްސީ ޕްރައިވެޓް ލިމިޓެޑުން މީރާއަށް ޖީއެސްޓީ އާއި އެޢައިގުޅޭ ޖޫރިމަނާގެ ފައިސާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށެވެ.
އޮކްސީ ޕްރައިވެޓް ލިމިޓެޑުން މީރާއަށް ދައްކަންޖެހޭ ފައިސާގެ ޢަދަދެއްކަމަށް އެ ޙުކުމްގައިވަނީ އެއްލައްކަ ސާޅީސް ހާސް ހަތަރު ސަތޭކަ ނުވަދިހަ ތިން ރުފިޔާއެވެ.



