މިންތީގެ ނަޒަރަކުން ވިސްނުމުގެ މުހިންމުކަމުގެ މަައްޗަށް ކެބިނެޓަށް ސެޝަނެއް ބާއްވައިފި

މިންތީގެ ނަޒަރަކުން ވިސްނުމުގެ މުހިންމުކަމުގެ މަައްޗަށް ކެބިނެޓަށް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކެބިނެޓަށް މަޢުލޫމާތު ޙިއްޞާކުރުމުގެ ގޮތުން މިއަދު ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ސެޝަންގައި މިންތީގެ ހަމަހަމަކަންކަމާ ގުޅުން ހުރި މަފްހޫމުތަކާއި ގުޅުން ހުރި ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކާއި މިންތީގެ ނަޒަރިއްޔާތުން ވިސްނުމުން ކުރާނެ ފައިދާތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.

މި ސެޝަންގައި ގެންޑަރ މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ފަޒްނާ ޝާކިރާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިމިނަތު ޝިރާނީ ނަޢީމް އާއި އެސިސްޓަންޓް ޑިރެކްޓަރ އިބްރާހީމް މުޙައްމަދުއެވެ.

gender 2

ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން އަންނަނީ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އެކި ފަރާތްތަކަށް ހިންގަމުންނެވެ.

އެގޮތުން ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ފަރުދުންނަށްވެސް މި ފަދަ ޕްރޮގްރާމްތައް ވަނީ ހިންގާފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.