ޖަޕާނުގެ ސަފީރު މިނިސްޓަރ ޝިދާތާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފްގެ އަރިހަށް ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ މިސް ކެއިކޯ ޔަނާއި އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މިނިސްޓްރީގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުންނާއި، ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި، ޖަޕާނަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ނަމޫނާ ޤައުމެއް ކަމަށާއި، ދިވެހިރާއްޖޭން ވެސް މި ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދީގެން ސިޔާސަތުތައް އެކަށައަޅަމުން ދާ ކަމަށް ވިދާޅުވިއެވެ.

އަދި ދިވެހިރާއްޖެއަކީ ޖަޒީރާ ވަންތަ ޤައުމެއް ކަމުން، އިޖުތިމާޢީ ޚިދުމަތްތަކާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، އެ ކަމަށް ރިޢާޔަތްކުރަން ޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އަދި މިނިސްޓްރީގެ މެންޑޭޓު އިތުރަށް ފުޅާވެފައިވާތީ، ތަފާތު އެކި ދާއިރާތަކުން އެހީތެރިކަން ބޭނުންވާ ކަން މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ.

ޖަޕާނުގެ ސަފީރުގެ ވާހަކަފުޅުގައި، އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި، ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދިނުމަށް ޖަޕާނުގެ ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް ވިދާޅުވިއެވެ.

އަދި މި ދާއިރާއިން ދިވެހިރާއްޖެއަށް އެހީތެރިކަން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޖަޕާނުގެ ސަފީރު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ގުޅިގެން މަސައްކަތްކުރެވިދާނެ އިތުރު ދާއިރާތަކާ ގުޅޭ ގޮތުން ޖަޕާނުގެ ސަފީރު މަޝްވަރާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.