
އޭޝިއާގެ ބައެއް ޤައުމުތަކަށް މާދަމާ އިރުކޭތަ ހިފަނީ..
އޭޝިއާގެ ބައެއް ޤައުމުތަކަށް މާދަމާ އިރުކޭތަ ހިފާނެކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިއަހަރުގެ ފުރަތަމަ އިރުކޭތައެވެ. އަދި އޭޝިއާގެ ބައެއް ޤައުމުތަކަށް މި އިރުކޭތަ ފެންނާނެކަމަށް ބެލެވެނީ އިރުއަރާ ވަގުތުއެވެ. އަދި މިއީ ޕާރޝިއަލް ސޯލަރ އިކްލިޕްސްއެއް ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
މި އިރުކޭތަ ޗައިނާ، ދެކޮރެއާ، ޖަޕާން، ރަޝިއާ އަދި އުތުރު ޕެސިފިކް ކަނޑުގެ ބައެއް ސަރަޙައްދުތަކަށް ފެނުނު ނަމަވެސް ރާއްޖެއަށް ފެންނާނެކަމަކަށް ނުބެލެވެއެވެ.
މީގެ އިތުރުން މަދުން ނޫނީ ނުފެންނަ ބްލަޑް މޫންއެއް މި މަހުގެ 20 އަދި 21 ވަނަ ދުވަހު ފެންނާނެ ކަމަށާއި ދުނިޔޭގެ ބޮޑު ސަރަހައްދަކަށް އެދުވަހު ހަނދު ކޭތަ ވަރަށް ސާފުކޮށް ފެންނާނެ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.



