
ފެނަކައިގެ މުވައްޒަފުންނާއި ޢާއިލާތަކަށް ޚާއްޞަކޮށްގެން ޤުރްއާން މުބާރާތެއް ބާއްވަނީ
ފެނަކަ ކޯޕަރޭޝަންގެ މުވަައްޒަފުންނާއި ޢާއިލާތަކަށް ޚާއްޞަކޮށްގެން ޤުރްއާން މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
މިއީ ދީނީ ލޯބި އިތުރުކޮށް ކީރިތި ޤުރްއާނަށް ލޯބިޖައްސައި، ޅަދަރިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމުގެ ރޫހް އާލާކުރުމާއި ފެނަކަ ކޯޕަރޭޝަން މުވައްޒަފުންގެ މެދުގައި ގުޅުންބަދަހިކުރުމުގެ މާތް މަޤްސަދުގައި ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުންގެ އާއިލާތަކުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.
މި ޖޫން މަހުގެ 7ން 9އަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި މުބާރާތުގައި ބައިވެރިވެވޭނީ އެ ކުންފުނީގެ މުވައްޒަފުންގެ އިތުރުން އެ އެކުންފުނީގެ މުވައްޒަފުންގެ ދަރީންގެ ތެރޭގައި ހިމެނޭ ޢުމުރުން 3 އަހަރާއި 16 އަހަރާއިދެމެދުގެ ކުދިންނަށް ކަމަށް ފެނަކައިން މަޢުލޫމާތު ދެއެެވެ.
ފެނައިން ބުނީ މި މުބާރާތުގެ އެއްވަނައަށްދާ ފަރާތަކަށް 10،000 (ދިހަހާސް ރުފިޔާ) ދެވަނައަށް 7،000 (ހަތްހާސް ރުފިޔާ) އަދި ތިންވަނައަށްދާ ފަރާތަކަށް 4،000 (ހަތަރުހާސް ރުފިޔާ) ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމާއި ޤަވާޢިދު ކުންފުނީގެ ހެޑް އޮފީހުން ލިބޭނެ ކަމަށެވެ.
މީގެ އިތުރުން 9666073 ނަމްބަރު ފޯނަށް މެސެޖުކޮށްގެންވެސް މުބާރާތުގައި ބައިވެރިވެވޭނެ ކަމަށްވެސް ފެނަކައިން ބުންޏެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި ޖޫން މަހުގެ 5 ވަނަ ދުވަހުގެ 14:00 އެވެ.



