
ޔޫތްސިޓީ ޤްރްއާން މުބާރާތް ފަށައިފި
ޔޫތްސިޓީ ޤްރްއާން މުބާރާތުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
މިއީ ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗް.ޑީ.ސީ) އިން އިންތިޒާމްކޮށްގެން ހުޅުމާލޭގެ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މިއަދާއި މާދަމާ ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ވަނީ ހުޅުމާލޭގެ ޣާޒީ ސްކޫލާއި ރެހެންދި ސްކޫލާއި ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލުން 51 ދަރިވަރަކު ބައިވެރިވެފައެވެ. އަދި މިއަހަރުގެ މުބާރާތުގައި ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމާއި ހާފިޟުކަމުގެ ބައި ހިމެނެއެވެ.
މިމުބާރާތުގައި މުޅި މުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށް ހަމަޖެހިފައިވާ އިރު، ބަލައިގެން ކިޔެވުމުގެ ބައިްނނާއި ހިތުން ކިޔެވުމުގެ ބައިން އެންމެ މޮޅު ސްކޫލާއި މުޅި މުބާރާތުގެ އެންމެ މޮޅު ސްކޫލްވެސް ހޮވަން ވަނީ ހަމަޖެހިފައެވެ.
އެޗްީިސީ އިން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤުޞަދަކީ ކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް އޮންނަ ލޯތްބާއި އިޙްތިރާމް އިތުރުކުރުމާއި ކީރިތި ޤްރްއާނަށް އަހުލުވެރުކުރުވުމެވެ.



