ޔޫތްސިޓީ ޤްރްއާން މުބާރާތް ފަށައިފި

ޔޫތްސިޓީ ޤްރްއާން މުބާރާތުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

މިއީ ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗް.ޑީ.ސީ) އިން އިންތިޒާމްކޮށްގެން ހުޅުމާލޭގެ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއަދާއި މާދަމާ ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ވަނީ ހުޅުމާލޭގެ ޣާޒީ ސްކޫލާއި ރެހެންދި ސްކޫލާއި ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލުން 51 ދަރިވަރަކު ބައިވެރިވެފައެވެ. އަދި މިއަހަރުގެ މުބާރާތުގައި ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމާއި ހާފިޟުކަމުގެ ބައި ހިމެނެއެވެ.

މިމުބާރާތުގައި މުޅި މުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށް ހަމަޖެހިފައިވާ އިރު، ބަލައިގެން ކިޔެވުމުގެ ބައިްނނާއި ހިތުން ކިޔެވުމުގެ ބައިން އެންމެ މޮޅު ސްކޫލާއި މުޅި މުބާރާތުގެ އެންމެ މޮޅު ސްކޫލްވެސް ހޮވަން ވަނީ ހަމަޖެހިފައެވެ.

އެޗްީިސީ އިން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤުޞަދަކީ ކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް އޮންނަ ލޯތްބާއި އިޙްތިރާމް އިތުރުކުރުމާއި ކީރިތި ޤްރްއާނަށް އަހުލުވެރުކުރުވުމެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.