ފިތުރު ޒަކާތް ބަލައިގަތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން

މިއަހަރުގެ ފިތުރު ޒަކާތް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މެއި މަހުގެ 5 ވާ އާދިއްތަ ދުވަހުން ފެށިގެން މިއަހަރުގެ ފިތުރުު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށެވެ. އަދި އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް މާލެއާއި އަތޮޅު ތެރޭގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެ މިނިސްޓްރީން ބުނީ ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެރަށެއްގެ ރަށު ކައުންސިލް އިދާރާއިން ކަމަށާއި މާލޭގައި ޒަކާތް ބަލައިގަންނާނީ އިސްލާމީ މަރުކަޒާއި ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރާއި ހައުސިންގ މިނިސްޓްރީގެ ވިލިމާލެ ޔުނިޓުން ކަމަށެވެ. އަދި އައްޑޫސިޓީ އާއި ފުވައްމުލައްސިޓީ އަދި ގދ. ތިނަދޫގައި ޒަކާތް ބަލައިގަންނާނީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުން ކަމަށެވެ.

މީގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ދިރާގު އަދި އޫރިދޫ އިން ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށާއި އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރުކަމަށްވާ އިރު، ޒަކާތް ނެރެންޖެހޭނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ ހަނޑުލުގެ އަގަށްވާ މިންވަރެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.