މާރެސް އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޜަން ފުރަތަމަ މެޗު މާޅޮހަށް ފިރިހެން މެޗު ގޮއިދޫއަށް.

މާރެސް އަތޮޅު ވޮލީ މުބާރާތުގެ އަންހެން ފުރަތަމަ މެޗު މާޅޮސް، ފިރިހެން މެޗު ގޮއިދޫ އިން ކާމިޔާބުކޮށްފިއެވެ.

މާޅޮސް ވޮލީ ކޯޓީގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފުރަތަމަ މެޗު މާޅޮސް ޓީމުން ކާމިޔާބުކުރީ 3 ސެޓް 1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ގެންދިޔައީ 27-19، 25-16، 25-20 އަދި 26-24 އިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދެ ޓީމުގެ ފަރާތިންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ މާޅޮހު ޓީމުގެ ޙައްވާ ޝިފާނާއެވެ.

މި މުބާރާތުގައި ހިމެނޭ ފިރިހެން ޑިވިޜަންގެ ފުރަތަމަ މެޗު ގޮއިދޫއިން ކާމިޔާބުކުރީ ދަރަވަންދޫ އާވާދަކޮށެވެ. ފަސޭހަކަމާއެކު ގޮއިދޫއިން ކާމިޔާބުކުރި މި މެޗުގެ ސެޓުތައް އެޓީމުން ގެންގޮސްފައިވަނީ -16، 25-9، އަދި 25-15 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގޮއިދޫ ޓީމުގެ ޢަލީ ޝިމާލު އެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ އަންހެން ބައިގެ މެޗެކެވެ. މި މެޗުގައި މާޅޮސް ބައްދަލުކުރާނީ ގޮއިދޫއާ އެވެ. މިރޭ ފިރިހެން ބައިގެ މެޗުގައި ބައްދަލުކުރާނީ ގޮއިދޫ އާއި ކުޑަރިކިލެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.