ދިވެހިންނަކީ އެމީހުންގެ ހުރިހާ މުހުތާދުތަކެއް އަމިއްލައަށް ފުއްދަމުންއައި ބައެއް: އެޑިއުކޭޝަން މިނިސްޓަރ

ދިވެހިންނަކީ އެމީހުންގެ ހުރިހާ މުހުތާދުތަކެއް އަމިއްލައަށް ފުއްދަމުންއައި ބައެއްކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެކަމަނާ ވިދާޅުވީ މީސްކޮޅު މަދު، އަދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އަޅުގަނޑުމެން ދިވެހިން ނިސްބަތްވީނަމަވެސް، ދިވެހިންގެ ފަންނުވެރިކަމާއި، ހުނަރުވެރިކަމާއި، ހުޝިޔާރުކަމާއި، ތޫނު ފިލިކަމަށް، އަބަދުވެސް ތަޢުރީފް ލިބޭ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ތާރީޚީގޮތުން ބަލާއިރު، ރާއްޖެއަށް ޒިޔާރަތްކުރެއްވި ސައްޔާހުންގެ ލިއުއްވުންތަކުން އެގޭގޮތުގައި، ދިވެހިންނަކީ އަޖައިބެއްކަހަލަ ކުޅަދާނަ، އަދި ފަންނުވެރިބައެއް ކަމަށާއި ކުޅަދާނަކަމާއި ފަންނުވެރިކަން، ވަށައިގެން ބަލާލި ކޮންމެ ދިމާއަކުން މިހާރުވެސް ފެންނަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެ އުފެދިފައިވާގޮތަށް ބަލާއިރު، ކަނޑު ދަތުރުފަތުރަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވާތީ، ދިވެހިންގެ ފަންނުވެރިކަން އެންމެބޮޑަށް ފެންނަނީ ކިއްސަރު ވަޑާމުގެ ތެރެއިން ކަމަށެވެ. އަދި ގަދަކަނޑެއްގައި ދަތުރުކުރެވޭގޮތަށް، ދިވެހިންގެ އަމިއްލަ ވިސްނުމުން ފަރުމާކުރި ދޯނީގެ ބައްޓަމަކީ ހަމައެކަނި ދިވެހިރާއްޖެއަށް ޚާއްސަ ނަމޫނާއެއް ކަމަށެވެ.

މީގެ އިތުރުން ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ތެރެއިން، ދޮށީގެ މަސްވެރިކަމުގެ ބައެއް ހުނަރުތަކަކީ ދިވެހިރާއްޖެއަށް ޚާއްސަ ހުނަރުތަކެއް ކަމަށާއި މިއަދު މުޅި ދުނިޔެވެސް އެކަމަށް ހެކިދޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހިންގެ އަތުން ބިނާކޮށްފައިވާ ލާމަސީލު ނަމޫނާއެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.