
”ފޭކް ނިއުސް އިސް ކިލިންގް ޕީޕަލްސް މައިންޑްސް“
ޔޫކޭގައި ވާހަަކަ ދައްކަމުން އެޕަލްގެ ސީ.އީ.އޯ ޓިމް ކުކް ވަނީ ދޮގު އަދި ތާކުންތާކު ނުޖެހޭ ހަބަރުތަކާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ފަށަން ގޮވާލާފައެވެ. މި ކެމްޕޭނުގެ މައިގަނޑު މަގްސަދަަކަށް ވެގެންދާނީ މިފަދަ ނުރަނގަޅު ކަންތައްތަކުގެ މައުލޫމާތު އާންމުންގެ މެދުގައި އިތުރުކޮށް މީހުން ހޭލުންތެރިކުރުވުމެވެ.
މީއީ ކޮންމެ މީހަކު ގޮވާލި ގޮވާލުމެއް ކަމުގައި ވިޔަސް މިއަދުގެ ދުނިޔެއަށް ވަަރަށްވެސް މުހިންމު ކެމްޕޭނެކެވެ. މިއަދުގެ ހަބަރުތަކުގެ މެޖޯރިޓީ ހަބަރުތަކަކީ ދޮގު ހަބަރުތަށް ކަމާމެދު ޝައްކުކުރާނެ އެއްވެސް މީހަކު ނުހުންނާނެކަން ކަށަވަރެވެ. މިހެން ވުމުގެ ސަބަބުން ދޮގު އަދި ތެދު ހަބަރުތަކުގެ ދެމެދުގައި އޮތް ފަރަގު ކުޑަވެ ގިނަ މީހުންނަށް މިވަނީ މިދެވައްތަރު އޮޅިފައެވެ.
އެންމެނަށް ވެސް ގަބޫލުކުރެވިފައިވަނީ ”ޝެއަރިންގް އިސް ކެއަރިންގް“ ކަމެވެ. މި ގަބޫލުކުރުމުގެ ސަބަބުން ތިމާ އެކި ތަންތަނުގައި ޝެއާ ކުރާ މައުލޫމާތާއި ހަބަރުތަކުގެ ދޮގުތެދު ބަލާލެވެނީ އަހަރެމެންގެ ތެރެއިން ވަރަށްވެސް މަދު ބަޔަކަށެވެ. މީއީ ހިތާމަ ހުރި ކަމެއް ނޫންތޯއެވެ؟
”ދޮގު އަދި ބާތިލް ހަބަރުތަކާއި މައުލޫމާތު ދަނީ މީހުންގެ ސިކުނޑިތަށް މަރަމުންނެވެ“. މިދިޔަ ހުކުރު ދުވަހު ’ދަ ޓެލެގްރާފް

އަށް ދިން އިންޓަވިއުއެއްގައި ކުކް ބުންޏެވެ. އޭނާ އިތުރަށް ބުނީ މިފަދަ ކަންތައްތަކުން ދުރުކޮށް ހޭލުންތެރިކަން އިތުރުކުރުމަށް އެންމެ ފަސޭހަވަނީ ކުޑަކުދިންގެ ސިކުނޑިތަކުގައި ކަމަށާއި ސްކޫލްތަކުގައި އާއި އާންމު ތަންނަނުގައި މި ކެމްޕޭން ހިންހުން ބުއްދިވެރި ކަމަށެވެ. އަދި ހަމައެއާއިއެކު އެޕަލްގެ ސީ.އީ.އޯ ޓިމް ކުކް ވަނީ މޮޅު ހިޔާލެއްވެސް ޓެކް ދާއިރާގައި އުޅޭ ފަރާތްތަކަށް ދީފައެވެ. އެއީ ދޮގު ހަބަރުތަކާއި މައުލޫމާތު ދުއްވާލާ ވަސީލަތްތަކެއް އުފައްދައި ނެރުމެެވެ.



