ޙޫޘީން ސަޢޫދީގެ ބޯޑަރު ހުރަސްކޮށް ހަމަލާތަކެއް ދީފައިވޭ

ޙޫޘީން ސަޢޫދީ ޢަރަބިއްޔާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ބޯޑަރު ހުރަސްކޮށް ހަމަލާތަކެއް ދީފައިވާ ކަމަށް މަސްދަރުތަކުން ހާމަކޮށްފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ވެސް ޙޫޘީން ސައުދީ އަރަބިއްޔާގެ ސަރަހައްދަށް ވަދެގަނެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހަމަލާތަކާ ބެހޭ ސާފު މައުލޫމާތު ހުރި ހުޅަނގުގެ އަދި އަރަބި އޮފިޝަލުން ކިޔައިދީފައިވާ ގޮތުގައި އެންމެ ފަހުން މިފަދަ ހަމަލާއެއް ދީފައިވަނީ އޮކްޓޯބަރު މަހުގެ ފަހުކޮޅުގަ އެވެ.

މި ހަމަލާތަކަކީ ޔަމަނުގެ ހަނގުރާމަ އެ ޤައުމުގެ ބޯޑަރުން ބޭރަށް ފުޅާވަމުންދާ ކަމުގެ ނިޝާނެކެވެ.

ކުދިކުދި ގްރޫޕުތަކުން ދޭ މި ހަމަލާތައް އަމާޒުކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ދެކުނު ހުޅަނގުގެ ފަރުބަދަަމަތީ ސަރަހައްދުތަކުގައި ހުރި ބޯޑަރު ޕޯސްޓުތަކަށެވެ.

ހުޅަނގުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަންސާރުﷲ ގެ ނަމުން މަޝްހޫރުވެފައިވާ ހޫޘީން ވަނީ ސަޢޫދީގެ ބޯޑަރު ސެކިއުރިޓީ ފޯސްތަކުން ބޭނުންކުރާ ހާއްސަ ހަތިޔާރުތަކެއް ވެސް އަތުލައިގެންފަ އެވެ. އަދި އޮކްޓޯބަރު މަހުގެ ފަހުކޮޅު ދިން ހަމަލާ ސަަވޭލަންސް އިކުއިޕްމަންޓްތަކަށް އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ޔަމަނުގައި އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވިދިޔަ ފަހުން ހޫޘީން ސަޢޫދީގެ އެތެރެއަށް ވަދެ ހަމަލާދިން ކަމަށް ރިޕޯޓުކުރެވުނު ފުރަތަމަ ފަހަރެވެ.

2022 ވަނަ އަހަރުގެ އެއްބަސްވުމުގެ ކުރިން ހޫޘީން ސަޢޫދީގެ ސިޓީތަކަށާއި އަސްކަރީ މަރުކަޒުތަކަށް ވަދެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސަޢޫދީން މީގެ ކުރިން ރިޕޯޓުކޮށްފައިވެ އެވެ.

ޔަމަނުގެ މައްސަލަތަކާ ބެހޭ މާހިރު މުހައްމަދު އަލް-ބާޝާ ވިދާޅުވި ގޮތުގައި ހޫޘީން ދަނީ ސަޢޫދީ ބޯޑަރު ސަރަހައްދުގައި އެމީހުންގެ ހަމަލާތަކުގެ ދާއިރާ އާއި ބާރު މަޑުމަޑުން ފުޅާކުރަމުންނެވެ.

ފުރަތަމަ މަރުހަލާގައި ދުރު ރާސްތާގެ ޑްރޯން އާއި ކުރު ރާސްތާގެ ބެލިސްޓިކް މިސައިލް ބޭނުންކުރިއިރު ދެވަނަ މަރުހަލާގައި ކުދި ޑްރޯންތަކުން މޯޓަރު ހަމަލާ ދިނުމާއި ސްނައިޕަރުން ބޭނުންކުރަން ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ބާޝާ ލަފާކުރައްވާ ގޮތުގައި ހޫޘީން ކުރިން ބޭނުންކުރި އުކުޅުތަކަށް އަނބުރާ ގޮސް ސަޢޫދީގެ ސިފައިން ހައްޔަރުކުރުމާއި ހަތިޔާރު އަތުލައިގަތުމާއި އަސްކަރީ އުޅަނދުތައް ހަލާކުކުރުމަށްފަހު ފިލާ ”ހިޓް އެންޑް ރަން“ ހަމަލާތައް ކުރިއަށް އޮތް ތަނުގައި އިތުރުވާނެ އެވެ.

މި ހަމަލާތަކާ ގުޅިގެން ސަޢޫދީގެ ދެކުނު ބޯޑަރުގެ ރައްކާތެރިކަމަށްޓަކައި މިސްރު ޕާކިސްތާން އަދި ތުރުކީގެ އަސްކަރީ އެހީތެރިކަން މުހިންމުވާނެ ކަމަށް އަރަބި އޮފިޝަލަކު ވިދާޅުވި އެވެ.

މައްކާ ޕެކްޓްގައި ހިމެނޭ ތުރުކީ އާއި ޕާކިސްތާނުން ވަނީ ވައިގެ ދިފާއީ ނިޒާމުތަކާއެކު ސައޫދީއަށް ސިފައިން ފޮނުވަން ނިންމާފަ އެވެ. އަދި މިސްރުގެ ޕާލަމަންޓުން ވެސް ވަނީ ސަޢޫދީގެ ދިފާއުގައި ސިފައިން ފޮނުވުމަށް މިދިޔަ ހަފުތާގައި ހުއްދަދީފަ އެވެ.

މީގެ އިތުރުން ސޫރިޔާގެ ހާރިޖީ ވަޒީރު އަސަދު އަލް-ޝައިބާނީ ވިދާޅުވި ގޮތުގައި ދިމިޝްގުން ވެސް ދަނީ މި އިއްތިހާދުގައި ބައިވެރިވުމަށް ވިސްނަމުންނެވެ.

ހުޅަނގުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސަޢޫދީއަށް ތާއީދުކުރާ ފައުޖުތަކަށް އެހީތެރިވުމަށް ސޫރިޔާގެ ޑްރޯން މާހިރުން މިހާރު ވެސް ޔަމަނަށް ގޮސްފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.