އެމްއެންޑީއެފް އިން ކަނޑުދަތުރުފަތުރުކުރާ އުޅަނދުތައް ބަލައި ފާސްކުރަނީ..

އެމްއެންޑީއެފް އިން ކަނޑުދަތުރުކުރާ އުޅަނދުތައް ބަލައި، ފާސްކުރަން ފަށައިފިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ކޯސްޓްގާރޑު ގުޅިގެން ފެށި މި އޮޕަރޭޝަނަކީ އަލިފާނުގެ ހާދިޘާތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ރާއްޖޭގައި ދުއްވާ ކަނޑު އުޅަނދުފަހަރުގައި އަޅާފައިވޭތޯ ބެލުމަށް ފެށި އޮޕަރޭޝަނެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އޮޕަރޭޝަންގައި އުޅަނދުތަކުގައި ދިމާވެދާނެ އަލިފާނުގެ ހާދިޘާއަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވޭތޯ ބަލާނެ ކަމަށާއި އޮޕަރޭޝަނުގެ ދަށުން މާލޭގައި މިވަގުތު ހުރި ހުރިހާ އުޅަނދެއް ޗެކްކުރާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި އޮޕަރޭޝަނުގައި އަތޮޅުތަކުގައި ދުއްވާ އުޅަނދުތައްވެސް ޗެކް ކުރާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މި އޮޕަރޭޝަން ކުރިއަށްދާ އިރު، ޤަވާއިދާއި ޚިލާފަށް ޢަމަލުކުރަމުން އަންނަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި ސަލާމަތީ ކަންކަން ނެތް އުޅަނދުތަކުގައި އެ ކަންކަން ގާއިމްކުރަން އިރުޝާދުދީ، ކަމެއް ދިމާވެއްޖެ ނަމަ ކަންކަން ކުރާނެގޮތް އުޅަނދުތަކުގައި އުޅޭ ފަރާތްތަކަށް ކިޔައިދޭނެ ކަމަށްވެސް އެމްއެންީިއެފް އިން ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.