އެސްޓީއޯ ސުޕަމާޓް އިން ޗޮކްލެޓް ފެސްޓުގެ ނަމުގައި ޕޮރޮމޯޝަނެއް ފަށައިފި

ފާއިތުވި އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އެސްޓީއޯ ސުޕަމާޓް އިން ޗޮކްލެޓްފެސްޓުގެ ނަމުގައި ޕޮރޮޮމޯޝަނެއް ފަށައިފިއެވެ.

މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ގެންދާ މިޕޮރޮމޯޝަންގައި ތަފާތު ބްރޭންޑްތަކުގެ ޗޮކްލެޓުން ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ. އަދި މިމުއްދަތުގައި -/250 ރުފިޔާއަށްވުރެ އިތުރަށް ޗޮކްލެޓްގެ ވިޔާފަރި ކުރައްވާ ފަރާތްތަކަށް ވަރަށް ޚާއްސަ އިނާމުތަކަކާއެކު ލަކީޑްރޯއެއް ކުރިޔަށްދާނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިގޮތުން މިލަކީޑްރޯގެ ދަށުން 6 ފަރާތަކަށް ޗޮކޮލެޓްގެ ތަފާތު ވައްތަރުތައް ހިމެނޭގޮތަށް ގިފްޓްޕެކްތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި ޕޮރޮމޯޝަންގެ ތެރެއިން ތަފާތު ވައްތަރުގެ ޗޮކުލެޓްގެ ރަހަ ބައްލަވައިލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ޕްރޮމޯޝަންގެ ތެރެއިން އެކި ގަޑި ތަކުގައި އެފުރުސަތުވެސް ހުޅުވައިލެވިފައިވާނެއެވެ.

މި ޕޮރޮމޯޝަންގައި ހަމައެކަނި ޗޮކްލެޓް ފެސްޓަށް ހާއްސަކޮށްގެ އަލަށް ނެރޭ އެތަށް ވައްތަރެއްގެ ޗޮކްލެޓް ހިމެނެއެވެ.

މި ޕޮރޮމޯޝަން ކުރިޔަށްދަނީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ޗޮކްލެޓު އެތެރެކޮށް ވިއްކާ މިފަހަރުގެ ޗޮކްލެޓް ފެސްޓުގެ ޕާޓްނާސް ކަމުގައިވާ ވީބީ، ސިމްޑީ، ޔޫރޯ، ސީންކޯ، ހެޕީމާރޓް، އަދި ގޯލްޑަންލޭންޑުގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމާއިއެއްކޮށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.