މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

2016 ވަނަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ވިދާޅުވީ ނިމިގެން ދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށާފައިވަނީ މިއަދު ކަމަށާއި އޮންލައިންކޮށް ދޫކުރާ މި ނަތީޖާ ފެންނާނީ ސެންޓަރުތަކުގެ އިސްވެރިންނަށް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޑީޕީއޭއިން ވިދާޅުވީ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށާފައިވާއިރު، މާދަމާ އިމްތިހާނުގެ ނަތީޖާ ސްލިޕް ދަރިވަރުންނަށް ދޫކުރަންފަށާނެ ކަމަށެވެ. އޯލެވެލް އިމްތިހާނުގެ ނަތީޖާ މާދަމާ ހެދުނު 8:30ގައި އެދަރިވަރު އިމްތިހާނު ހެދި ސެންޓަރަކުން ލިބެން ހުންނާނެކަމަށް ޑީޕީއޭއިން މައުލޫމާތު ދެއްވައެވެ.

ނަތީޖާ ސްލިޕްތައް އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ޑީޕީއޭގެ ސެންޓަރުތަކުން ދޫކުރާނެކަމަށް އެ ޑިޕާޓްމަންޓް އިން މައުލޫމާތު ދެއްވައެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 13:30 އަށެވެ.

ނަތީޖާގައި މައްސަލައެއްވާކަމަށް ޝައްކު ކުރެވޭނަމަ އެކަން ލިޔުމަކުން ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އެ ޑިޕާޓްމަންޓަށް ހުށައެޅުމަށް ވަނީ އަންގާފައެވެ. އަދި ނަތިޖާ ރީޗެކް ކުރުމަށް ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު 8 ފެބްރުއަރީ ވާ ބުދަ  ދުވަހުގެ ގެ ކުރިން ހުށައެޅުމަށް ވެސް ވަނީ އަންގާފައެވެ.

2016 ވަނަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވެފައިވަނީ ޖުމްލަ 7028 ދަރިވަރުންނެވެ. އޭގެ ތެރެއިން ކޭމްބްރިޖް އިމްތިހާނު 6291 ދަރިވަރަކު ހަދާފައިވާއިރު، އެސްއެސްސީ އިމްތިހާނު ހަދާފައިވަނީ 5677 ދަރިވަރެކެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.