ބޮޑެތި ޖަރީމާތަކުން މުޖުތަމަޢު ސަލާމަތް ކުރުން

އައްޝައިޚް ޢަބްދުލް ހާދީ

ހަމަކަށަވަރުން އިސްލާމްދީނަކީ ފުރިހަމަ ދީނެކެވެ. އެއްކައުވަންތަ ﷲ އަށް އަޅުކަން ކުރުމަށް ގޮވާލާ އިލާހީ ދީނެކެވެ. އިސްލާމްދީން މީސްތަކުން ޖަހާލަތާއި ފަސާދައާއި އަނިޔާވެރިކަމުގެ ތެރެއިން މިންޖުކޮށް ރިވެތި އަޚްލާޤާއި ސުލޫކު ގެނެސްދިނެވެ.

 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިގޮތުން އެންމެން އެކަތިގަނޑެއްގެ ގޮތުގައި ހަދައި އަޚްވަންތަ މުޖްތަމަޢައެއް ބިނާ ކުރިއެވެ. ﷲ ސުބުޙާނަހު ވަތަޢާލާ ވަނީ މި ދީނުގައި ހަރުދަނާ އުޞޫލުތަކަކާއި ޤަވާޢިދު ތަކެއް ކަނޑައަޅުއްވާފައެވެ. މިގޮތުން ޞުލަޙަވެރި މުޖުތަމަޢެއް ބިނާ ކުރުމަށްޓަކައި ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީފައިވެއެވެ.

މުޖުތަމަޢު ޞުލްޙަވެރިކަމާއެކު ދެމެހެއްޓުމަށްޓަކައި މުޙިއްމު ފަސްކަމެއް ރައްކާތެރި ކުރުމަށް އިސްލާމްދީނުގައި ވެއެވެ. އެއީ ދީން ރައްކާތެރި ކުރުމާއި، ނަފްސު ރައްކާތެރި ކުރުމާއި، ބުއްދި ރައްކާތެރި ކުރުމާއި، މުދާ ރައްކާތެރި ކުރުމާއި އަދި އަބުރު ރައްކާތެރި ކުރުމެވެ. އަދި މި ފަސްކަންތަކުގެ ރައްކާތެރިކަން ގެއްލިދާފަދަ އެންމެހައި ކުށްތަކަށް އެކަށީގެންވާ އަދަބުތަކެއް އިސްލާމީ ޝަރީޢަތުގައި ވަނީ ކަނޑައަޅާފައެވެ. މިގޮތުން އިސްވެ ދެންނެވުނު ފަސްކަންތަކުގެ ރައްކާތެރިކަން ގެއްލޭފަދަ ކުށްތައް ދެނެގަތުމާއި އަދި އެކުށްތަކުގެ އަދަބުތައް ގެނެސްފައިވާ ފިޤްހީ ޢިލްމަށް ދެވިފައިވާ ނަމަކީ ފިޤްހުލް ޖިނާޔާތެވެ. ބަހުގެ ގޮތުން ފިޤްހަކީ އެނގުމެވެ. ޝަރުޢީ އިސްތިލާޙުގައި ފިޤުހީ ޢިލްމަކީ: ޝަރުޢީ ދަލީލުތަކުގެ އަލީގެ އެހީގައި ޝަރީޢަތުގެ ޙުކުމްތައް ދެނެގަތުމުގެ ޢިލްމެވެ. ޖިނާޔާތަކީ ޖިނާޔަތުގެ ޖަމްޢުއެވެ. ބަހުގެ ގޮތުން އެއީ: ގަހުން މޭވާ ބިނުން، ނުވަތަ މޭވާ ކެނޑުން،ނުވަތަ ފާފައެއްކުރުން، ނުވަތަ ކުށެއް ކުރުމެވެ.[1] ފިޤްހީ އިޞްޠިލާޙުގައި ޖިނާޔަތަކީ: ކޮންމެ ޙަރާމް ޢަމަލެކެވެ. އަދި ޙަރާމް ޢަމަލަކީ މާތް ﷲ ޙަރާމް ކުރައްވައި އަދި މަނާ ކުރައްވާފައިވާ ކަންކަމެވެ. އެއީ އޭގެ ސަބަބުން ދީނަށް ނުވަތަ ނަފުސަށް ނުވަތަ ބުއްދިއަށް ނުވަތަ އަބުރަށް ނުވަތަ މުދަލަށް ގެއްލުމެއް ދީފާނެ ކަންކަމެވެ.[2] އަދި ނަފްސަށް ލިބޭ ގެއްލުމުގެ މާނައިގާ ޖިނާޔަތަކީ: ޙައްޤަކާނުލައި،މީހެއްގެފުރާނަޔަށް،ނުވަތަނަފްސަށް،ޤިޞާޞް ހިފުން ވާޖިބުވާފަދަ ކަމެއްކުރުން،ނުވަތަ އެފަދަ ޢަމަލެއްގެ ސަބަބުން،މުދަލެއް ދިނުންވާޖިބުވާފަދަ ކަމެއް ކުރުމެވެ.[3] މިއީ ފިޤްހުގައި އެންމެ މުހިއްމު އެއް ބާބެވެ. މި އީ ކޮންމެ ކިޔަވާކުއްޖަކަށްވެސް މިއީ ޟަރޫރީ ޢިލްމެކެވެ.

ބޮޑެތި ޖަރީމާތަކުން މުޖުތަމަޢު ސަލާމަތް ކުރެވޭނީ ހަރުދަނާ ޢަޤީދާއެއްގެ މަތީގައި މުޖުތަމަޢު ތަރުބިއްޔަތުކޮށް އެ ޖަރީމާތަކަށް އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ޢުޤޫބާތު ތަކާއި ޙައްދުތައް ތަންފީޒު ކޮށްގެންނެވެ.

މީސްތަކުންގެ ހިތްތަކުގައި އިމާންކަން ވަރުގަދަކޮށް އިސްލާމީ އަސާސްތަކުގެ މައްޗަށް މުޖުތަމަޢު ތަރުބިއްޔަތު ކުރުން

  1. މީސްތަކުންގެ ހިތްތަކުގައި އިމާންކަން ވަރުގަދަކުރުން.

ބަހުގެ ގޮތުން އީމާން ކަމަކީ ޤަބޫލު ކުރުމެވެ. ޝަރުޢުގައި އީމާން ކަމަކީ ހިތުން ތެދުކޮށް ދުލުން ކިޔައި ގުނަވަންތަކުން އެއާ އެއްގޮތަށް ޢަމަލު ކުރުމެވެ. މިގޮތުން އީމާން ކަމަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ޚަބަރު ދެއްވާފައިވާ އެންމެހައި ކަންތައްތައް ތެދުކޮށް ޤަބޫލުކޮށް އެއަށް ޢަމަލު ކުރުމެވެ. އީމާންކަން ހަބަޔަކަށް ބެހިފައި ވެއެވެ. އެއީ މާތް ﷲ އަށް އީމާން ވުމާއި، މަލާއިކަތުންނާއި އިމާން ވުމާއި، ފޮތްތަކަށް އީމާން ވުމާއި ރަސޫލުބޭކަލުންނަށް އީމާން ވުމާއި، އާޚިރަތް ދުވަހަށް އީމާން ވުމާއި އަދި ޤަޟާޤަދަރަށް އީމާންވުމެވެ.

އިސްވެ ދެންނެވުނު އީމާން ކަމުގެ ހަ ބައި މީސްތަކުންގެ ހިތްތަކުގައި ވަރުގަދައަށް އަށަގެންފި ނަމަ ބޮޑެތި ޖަރީމާތަކަށް މީސްތަކުން އަރައިގަތުން މުޅިންހެން ހުއްޓިގެން ދާނެއެވެ.

  1. އިސްލާމީ އަސާސްތަކުގެ މައްޗަށް މުޖުތަމަޢު ތަރުބިއްޔަތު ކުރުން

ހަމަކަށަވަރުން ތެދުވެރި އީމާންކަމަކީ އޭގެ ސަބަބުން ހެޔޮޢަމަލުތަކެއް އެމީހެއްގެ ކިބައިން ފެނިގެންދާނެ ކަމެކެވެ. މިގޮތުން ހެޔޮ ޢަމަލުތަކަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ އަޞްލެވެ. އެބަހީ އިސްލާމްދީނުގެ ފަސް ރުކުން ބިނާވެފައިވަނީ ހެޔޮ ޢަމަލުތަކުގެ މައްޗަށެވެ. މިގޮތުން ޝަހާދަތުގެ ދެ ކަލިމައާއި، ނަމާދު ޤާއިމު ކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާންމަހު ރޯދަ ހިފުމާއި އަދި ގެފުޅަށް ގޮސް ޙައްޖު ވުމާއި އަދި މީގެ އިތުރުންވެސް މާތްﷲ ވާޖިބު ކުރައްވާފައިވާ ޢައިނިއްޔަ އާއި ކިފާޔަތުގެ ޢަމަލު ތައް ކުރުމާއި އަދި ޙަރާމް ކުރައްވާފައިވާ އެންމެހައި ކަންކަމުން ދުރުހެލިވުން ހިމެނިގެން ދެއެވެ.[4]

ހެޔޮޢަމަލު ކުރުންމަތީ އިސްލާމީ މުޖުތަމަޢު ތަރުބިއްޔަތު ކުރެވޭނީ ވެރިންނާއި، ޢިލްމުވެރިންނާއި މުދައްރިސުންނާއި އަދި މައިން ބަފައިން ދަރިން އެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ބާރު އަޅާ އަދި އެފަދަ ނަމޫނާ ބަޔަކަށް އެބައިމީހުން ވެގެން ނެވެ.

މުޖުތަމަޢު އާއި ޢާއިލާ ގެ ކަންތައްތަކަށް ވެރިން އަހަމިއްޔަތުކަން ދިނުން.

ޢާއިލާގެ އަފްރާދުން އިސްލާމީ އުޞޫލުތަކުގެ މަތީގައި ތަރުބިއްޔަތު ކުރުމުގެ މަސައްކަތް ޢާއިލާތަކަށް ކުރެވިދާނެއެވެ. އެހެނެއްކަމަކު މުޖުތަމަޢުގެ އެކި އެކި ތަންތަނުގައި ހިނގަމުންދާ ފަސާދަތަކުން ސަލާމަތް ކުރުމަށް ޢާއިލާއަށް މާ ބޮޑު މަސައްކަތްތަކެއް ނުކުރެވޭނެއެވެ. މިގޮތުން ސްކޫލްތަކާއި، ވިޔަފާރިތަކާއި ކެފޭތަކާއި އަދި ސިނަމާ ފަދަ ތަންތާނގައި ހިންގާ މުންކަރާތްތައް ހުއްޓުވުމުގައި އެތަންތަނާއި ޤައުމުގެ ވެރިންގެ އެއްބާރުލުން ބޭނުންވެއެވެ.[5]

ދަރިން ސްކޫލްތަކަށް ފޮނުވުމަކީ ޢާއިލާގެ މައްޗަށް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. އެއީ އެކުދިންނަށް ރަނގަޅު ތަޢުލީމެއް ދިނުމަށެވެ. އަދި މިފަދަ ގިނަ މަދަރުސާތައް ހިންގަނީ ދައުލަތުގެ ފަރާތުންނެވެ. ހަމަ މިގޮތަށް ވިޔަފާރީ ކުރާ ތަންތަނާއި ޢާއްމުން އެއްވާ ތަންތަނުގެ ޙަޤީޤީ ބަލަދުވެރި ފަރާތަކީ ދައުލަތެވެ. އެތަންތަނުން މުންކަރާތްތައް ހުއްޓުވުމުގެ ޙަޤީޤީ ބާރުވެރިންނަކީ ދައުލަތެވެ. މިހެންކަމުން ތަރުބިއްޔަތުގެ މައިދާނުގައި ވެރިންގެ އެހީތެރިކަން ނުހަނު ބޭނުންވެއެވެ.

މުޖުތަމަޢު ތަރުބިއްޔަތު ކުރުމުގައި މީޑިއާގެ ވަޞީލަތްތަކާއި، ތަޢުލީމަކީވެސް ވަރަށް މުހިއްމު ދެއެއްޗެކެވެ. އެހެނީ ޚާއްޞަކޮށް މިއަދު މި ކުރިއަރާފައިވާ މީޑިއާގެ ވަޞީލަތްތަކާއި ތަފާތު ތަޢުލީމީ މަންހަޖުތަކާއެކީ މުޖުތަމަޢައެއް ހަލާކުވެގެން ދިޔުމީ ފެންނަމުން އަންނަ ޙަޤީޤަތެކެވެ.

[1]  فقه الجنايات 11

[2]  فقه السنة 2/427

[3]  فقه الجنايات 12

[4]  http://www.saaid.net/Doat/ahdal/42.htm

[5]  http://www.saaid.net/Doat/ahdal/42.htm

 

ނުނިމޭ…

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.