އިސްރާއީލުގެ ކުންފުންޏަކަށް ތެޔޮ ނެގުމުގެ ހުއްދަ ދިނުމާ ގުޅިގެން ދެކުނު އެފްރިކާގެ ސަރުކާރަށް ނުރުހުން

އިސްރާއީލުގެ ކުންފުންޏަކަށް ތެޔޮ ނެގުމުގެ ހުއްދަ ދިނުމާ ގުޅިގެން ދެފުށްދެގޮތް ސިޔާސަތެއް ގެންގުޅޭ ކަމުގެ ތުހުމަތު ދެކުނު އެފްރިކާގެ ސަރުކާރަށް އަމާޒުވެއްޖެ އެވެ.

އިސްރާއީލުގެ ކުންފުންޏަކަށް ކަނޑުގެ ސަރަހައްދުން ތެޔޮ ނެގުމުގެ މަޝްރޫއެއް ދެކުނު އެފްރިކާ ސަރުކާރުން ހުއްދަ ދިނުމަކީ އެ ޤައުމުން ތިމާވެއްޓަށް ވެފައިވާ އިގުރާރުތަކާއި ބައިނަލްއަޤްވާމީ އަދުލުގެ މަޖިލީހުގައި އިސްރާއީލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައާ ފުށުއަރާ ކަމެއް ކަމަށް އެ ޤައުމުގެ އެކްޓިވިސްޓުން ބުނެފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކެނެޑާގެ ’އިކޯ އެޓްލާންޓިކް‘ ކުންފުނިން ’ބްލޮކް 1 ސީ.ބީ.ކޭ‘ ގައި އޮތް އެ ކުންފުނީގެ %37.5 ހިއްސާ އިސްރާއީލުގެ ’ނެވިޓާސް ޕެޓްރޯލިއަމް‘ އަށް ބަދަލުކުރިކަން އިއުލާންކުރިތާ ދެ މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މި މުއާމަލާތަށް ހުއްދަ ދިން ސަބަބާ ބެހޭގޮތުން ސަރުކާރުން ސާފު ތަފްސީލެއް ދީފައި ނުވާތީ އެކްޓިވިސްޓުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސެޕްޓެންބަރު މަހު ހަވާލުކުރެވުނު މި މަޝްރޫއު ކުރިއަށްދަނީ ދެކުނު އެފްރިކާ އާއި ނަމީބިޔާގެ ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބުގައި އޮންނަ ’އޮރެންޖް ބޭސިން’ގަ އެވެ.

ކުންފުނީގެ އަންދާޒާތަކުން ދައްކާގޮތުގައި މި ސަރަހައްދުން 3.6 ބިލިއަން ފީފާއަށްވުރެ ގިނަ ތެޔޮ ނެގުމުގެ ފުރުސަތު އޮތުމާއެކު ބައިނަލްއަޤްވާމީ ހަކަތައާ ބެހޭ ކުންފުނިތަކުގެ ސަމާލުކަން މި ސަރަހައްދަށް ވަނީ ވަރަށް ބޮޑަށް ހުއްޓިފަ އެވެ.

ބައެއް ފަރާތްތަކުން މި ސަރަހައްދު ސިފަކުރަނީ ”އެފްރިކާގެ ތެލުގެ އާ މަރުކަޒު“ ގެ ގޮތުގަ އެވެ.

ނަމަވެސް އެކްޓިވިސްޓުން ބުނާގޮތުގައި މި މަޝްރޫއުގައި ’ނެވިޓާސް‘ ބައިވެރިވުމަށް ދެކުނު އެފްރިކާ ސަރުކާރުން ހުއްދަ ދިނުމަކީ ކަނޑުގެ ދިރުންތަކަށާއި އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުންގެ އާމްދަނީއަށް ނުރައްކާވާނެ ކަމެކެވެ.

މީގެ އިތުރުން ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އައި.ސީ.ޖޭ ގައި ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ވަކާލާތު ކުރަމުންދާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމުމަކީ އެ ޤައުމުގެ ސިޔާސަތުތަކާ ފުށުއަރާ ކަމެއް ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.

’ކްލައިމެޓް ޖަސްޓިސް ކޯލިޝަން‘ ގެ ތާރާ ނައިރް ވަން ރައިނެވެލްޑް ބުނި ގޮތުގައި، ’ނެވިޓާސް‘ އަކީ އިސްރާއީލުގެ އިގްތިސާދަށް ބޮޑު ފައިދާއެއް ހޯދައިދޭ ކުންފުންޏެކެވެ.

ފަލަސްތީނުގެ މައްސަލައިގައި ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައި ފިޔަވަޅު އަޅަމުންދާއިރު އިސްރާއީލުގެ ކުންފުންޏަކަށް ޤައުމުގެ ވަސީލަތްތައް ބޭނުންކުރުމުގެ ހުއްދަ ދިނުމަކީ ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި ބައިނަލްއަޤްވާމީ ޒިންމާތަކާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.

މި މުއާމަލާތަށް ހުއްދަ ދިނުމުގެ އެތައް މަހެއް ކުރިންވެސް ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މިކަމާ ގުޅޭ ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށް އެކްޓިވިސްޓުން މައުލޫމާތު ދީފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.