އިރާގުގެ ކުރުދީ ސިޓީގެ އެތެރެއަށް ނަޒަރެއް

އެމެރިކާއާއި އީރާނުގެ ކުރިމަތިލުންތަކުގެ ތެރޭގައި ތާށިވެފައިވާ އިރާގުގެ ކުރުދީ ސިޓީގެ އެތެރެއަށް ނަޒަރެއް

އީރާނުގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކުގެ ބުރަ ސުލައިމާނިއްޔާއަށް އުފުލަން ޖެހިފައިވާއިރު އަވަށްޓެރި ބާރުގަދަ ޤައުމެއްގެ ނުފޫޒާ ކުރިމަތިލުމުގައި އެ ސިޓީ ދަނީ ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާ ގޮތަށް ކަންތައްތައް ކުރިއަށްދާނަމަ ވިޔަފާރި މުޅިން ހުއްޓުމަކަށް އަންނާނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އުމުރުން ތިރީސް އަހަރުގެ މި ކުރުދީ ޒުވާނަކީ އިރާގުން ޑީސަލް ގަނެގެން އަފްޣާނިސްތާނަށް އެތެރެކޮށް ވިއްކާ ވިޔަފާރިވެރިއެކެވެ.

މިއީ ނުހަނު ބުރަ އަދި ފިއްތުންތައް ބޮޑު މަސައްކަތެއް ނަމަވެސް އިރާގު ކުރުދިސްތާނު ފަދަ ސަރަހައްދެއްގައި މިއީ ރަނގަޅު ފައިދާއެއް ލިބޭ ކަމެކެވެ. އިރާގުން 20،000 ޑޮލަރަށް ގަންނަ ޑީސަލް ޝިޕްމަންޓެއް ކާބުލްގައި ގާތްގަނޑަކަށް 24,000 ޑޮލަރަށް ވިއްކާލެވެ އެވެ.

އެހެނިހެން ޚަރަދުތައް ކަނޑައިލުމަށްފަހު ވިޔަފާރިވެރިޔާއަށް ގާތްގަނޑަކަށް 2،000 ޑޮލަރުގެ ސާފު ފައިދާއެއް ލިބެ އެވެ.

ނަމަވެސް މި މުދާ އަފްޣާނިސްތާނަށް ގެންދެވެން އޮތީ އީރާނު ހުރަސްކޮށްފަ އެވެ.

”މިހާރު މި ދަތުރަކީ މާ ނުރައްކާތެރި ދަތުރެއް. ޑްރައިވަރުން ހޯދުން ދަތިވެ ބޯޑަރުގެ ކަންކަން ވެސް އޮތީ ޔަގީންކަމެއް ނެތް ހާލަތެއްގައި. އަދި ޑީސަލްގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައި“ އޭނާގެ އަމިއްލަ ސަލާމަތަށްޓަކައި ނަން ބަދަލުކޮށްފައިވާ ބާރަން ’މިޑްލް އީސްޓް އައި‘ އަށް ކިޔައިދިނެވެ.

ޓްރަމްޕް ބުނީ އީރާނަށް އަސްކަރީ ހަމަލާތަކެއް ދިނުމުގެ ބަދަލުގައި އެ ޤައުމުގެ އިޤްތިޞާދު އިނދަޖައްސާލަން ބޭނުންފުޅުވާ ކަމަށެވެ.

ކަނޑުގެ މަގުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން ތުރުކީ، އިރާގު އަދި ޕާކިސްތާނު ފަދަ ޤާއުމުތަކުން އީރާނާއެކު އޮންނަ ބޯޑަރުތައް ބަންދުކުރުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ.

މި މަހުގެ ކުރީކޮޅު އެމެރިކާއިން ވަނީ އީރާނުގެ އެއްގަމު ބޯޑަރުތަކާއި ކެސްޕިއަން ކަނޑުގެ ވިޔަފާރި ހުއްޓުވުމަށް ޚާއްސަ ފޯހެއް އެކުލަވާލާފައިވާކަން އިޢުލާންކޮށްފަ އެވެ.

އެމެރިކާއާ މެދު ބާރަންގެ އެއްވެސް ސިޔާސީ ނުރުހުމެއް ނެތެވެ. އޭގެ ބަދަލުގައި އޭނާ ބުނީ ”ޖޯޖް ޑަބްލިޔު ބުޝް ވަނީ ސައްދާމް ހުސައިންގެ ވެރިކަން ނިމުމަކަށް ގެނެސްދީފައި. އޭނާ ކުރުދިސްތާނަށް އެހީތެރިވި. އަހަރެން އެމެރިކާއަށް ވުރެ އީރާނަށް އިސްކަމެއް ނުދެން،“ މިހެންނެވެ.

އޭނާ މިހެން ބުނީ ސުލައިމާނިއްޔާގެ ރެސްޓޯރެންޓެއްގައި އިނދެއެވެ.

”ނަމަވެސް މި ހަނގުރާމައަކީ އަހަރެމެންގެ ވިޔަފާރިއަށާއި އިޤްތިޞާދަށް އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫން.“

ބާރަންގެ މި ހާލަތަކީ އޭނާގެ އުފަން ސިޓީއަށް ކުރިމަތިވެފައިވާ ހާލަތު ރަމްޒުކޮށްދޭ ކުޑަ މިސާލެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.