ސުޕަރމާކެޓްތަކަށް ދިން ސައިބަރ ހަމަލާއާ ގުޅިގެން އީރާނުން ފްރާންސަށް އިންޒާރުދީފި

ސުޕަރމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް އީރާނުގެ ސައިބަރ ޔުނިޓަކުން ހަމަލާދީފައިވާ ކަމަށް ފަރަންސޭސިވިލާތުން ބުނުމާ ގުޅިގެން އިޒްރޭލުން އޮޅުވާލުމަށްޓަކައި ރާވާފައިވާ ”ފޯލްސް ފްލެގް“ މަޅިއެއްގައި ނުޖެހުމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ފަރަންސޭސިވިލާތަށް އިންޒާރުދީފަ އެވެ.

އައި.އާރު.ޖީ.ސީ ގެ ތަރުޖަމާނު ހުސައިން މުހިއްބީ ފަރަންސޭސިވިލާތުގެ މި ތުހުމަތުތަކަކީ ”މަޖާ“ ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވައި ބޭރުކޮށްލައްވާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މިއީ ޔޫރަޕްގެ ޤައުމުތައް އީރާނާ ދެކޮޅުވެރިކޮށް އެ ޤައުމުތަކުގެ ތާއީދު ހޯދުމަށް އިޒްރޭލުން ކުރާ ކަމެކެވެ.

”ޒަޔަިސްޓުންގެ އޮޅުވާލުންތަކުގެ މަޅީގައި ނުޖެހުމަށް ސަމާލުވާންޖެހޭނެ،“ ހޮނިހިރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުހިއްބީ ވިދާޅުވި އެވެ.

އަދި އެމެރިކާއާއި އިޒްރޭލާ ޚިލާފަށް އައި.އާރު.ޖީ.ސީ އިން އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފަރަންސޭސިވިލާތުން ތުހުމަތުކުރާ ގޮތުގައި މި ސައިބަރ ހަމަލާތައް ދީފައިވަނީ އައި.އާރު.ޖީ.ސީ ގެ އިލެކްޓްރޯނިކް ވޯފެއަރ އެންޑް ސައިބަރ ޑިފެންސް އޯގަނައިޒޭޝަންގެ ދަށުން ހިންގާ ’ޝާހިދު ކާވޭ‘ ނަމަކަށް ކިޔާ ސައިބަރ ޔުނިޓަކުންނެވެ.

ފަރަންސޭސި ޚާރިޖިއްޔާއިން ބުނި ގޮތުގައި އޮކްޓޯބަރު 11 އާއި 12 އާ ދެމެދު ދިން މި ހަމަލާތަކުގައި 700 އަށްވުރެ ގިނަ ފިހާރައިގެ ފިނިކުރާ ނިޒާމުތަކަށް އަމާޒުކޮށްފައިވެ އެވެ.

މީގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބި އެތައް މިލިއަން ޔޫރޯއެއްގެ ކާބޯތަކެތި ވަނީ ހަލާކުވެފަ އެވެ.

މި މައްސަލައިގައި އީރާނުގެ ސަފީރު ހާޒިރުކޮށް ޔޫރަޕްގެ އިއްތިހާދުގެ ތެރެއިން ވަކިވަކި ފަރާތްތަކާއި އިދާރާތަކާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ހުށަހަޅާނެ ކަމަށް ޕެރިހުން ބުނެފައިވެ އެވެ.

އީރާނުގެ ޚާރިޖިއްޔާއިން ބުނީ މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި ބޭރު ޤައުމުތަކުން ހިންގާ ޣައިރު ޤާނޫނީ އަމަލުތަކުން ޤައުމީ މަސްލަހަތާއި ސަލާމަތްތެރިކަން ރައްކާތެރިކުރުމަށް ތެހެރާނުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މި ދެބަސްވުން އުފެދިފައި މިވަނީ ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އީރާނާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އާދީއްތަ ދުވަހު އީރާނުން ވަނީ ބަހްރޭންގައި ހުންނަ އެމެރިކާގެ ރާޑަރު ސައިޓަކަށް ހަމަލާދީފައިވާ ކަމަށް ބުނެފަ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އައި.އާރު.ޖީ.ސީ އިން ވަނީ ރިފާ އެއަރ ބޭސްގައި ހުންނަ އެމެރިކާގެ އެއަރ ޑިފެންސް ރާޑަރު ސްޓޭޝަނަކަށް ހަ ޑްރޯން ބޭނުންކޮށްގެން ހަމަލާދީފަ އެވެ.

ބަހްރޭންގެ ދާޚިލީ ވުޒާރާއިން ވަނީ ކުރިމަތިވެދާނެ ނުރައްކަލަކަށް ސަމާލުވުމަށް އިންޒާރުދީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އާންމުންނަށް އިރުޝާދުދީފަ އެވެ.

މީގެ އިތުރުން ބަހްރޭންގައި ހުންނަ އެމެރިކާގެ އާރލީ-ވޯނިންގ ރާޑަރު ފެސިލިޓީއެއް ހަލާކުކޮށްލާފައިވާ ކަމަށް އައި.އާރު.ޖީ.ސީ އިން މިދިޔަ ހުކުރު ދުވަހުވެސް ބުނެފައިވެ އެވެ.

ނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ހުކުރު ދުވަހުގެ ރިޕޯޓްތައް ދޮގުކުރަމުން ބުނީ ބަހްރޭނާ ދިމާލަށް އައި އީރާނުގެ ދެ ޑްރޯން އެމެރިކާ ސިފައިން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް އެ ފަރާތުން ބުނެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.