
ލުބުނާނުގެ ފެނުގެ ނިޒާމަށް އިސްރާއީލުން ދޭ ހަމަލާތައް
ލުބުނާނުގެ ފެނުގެ ނިޒާމަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ އެ ޤައުމުގެ ދިރިހުރުމަށް އޮތް ބޮޑު ނުރައްކަލަކަށް ވެފައިވާ ގޮތް.
ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ފެނުގެ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދެމުންދާ އެ ޤައުމުގެ ދެކުނުގެ ސަރަހައްދުތަކުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ އެކު އުފެދޭ އެންމެ ބޮޑު ސުވާލަކީ މި ސަރަހައްދުތަކުގެ ދިރިއުޅުން އަލުން އާންމު ހާލަތަކަށް ރުޖޫއަވެދާނެބާވައެވެ؟
މަރުޖަޔޫންގެ އުސް ބިމެއްގައި ހުންނަ އިބެލް އެލް-ސާގީ ފެން ޕަންޕުކުރާ ސްޓޭޝަނުގެ ބޭރުގައި، ފެން ރައްކާކުރާ ހަންގަނޑެއް ބަލަން ބަހީޖް އަބްދުﷲ ހުއްޓާ، އޭނާގެ ބޯމަތިން ހުދު ކުލައިގެ އެއްޗެއް ދިޔައީ ހަވީރު ފަސްގަޑި ބައިވި ފަހުންނެވެ.
އޭނާ ފޯނު ހިފައިގެން ހިލަ ސިޑިއެއްގެ މަތީގައި އިށީނދެގެން އިނީ އޭނާގެ ތިން މަސައްކަތްތެރިން އިމާރާތުގެ އެތެރޭގައި ތިއްބަ އެވެ.
ފުރަތަމަ އޭނާއަށް ހީވީ އެއީ ޑްރޯނެއް ކަމަށެވެ.
”ކުއްލިއަކަށް އޭތި ވައިގެ ތެރޭގައި ސިކުންތަކަށް މަޑުޖެހިލުމަށްފަހު އެނބުރިލާފައި ސްޓޭޝަނާ ދިމާލަށް ވެއްޓުނީ،“ އަބްދުﷲ ކިޔައިދިނެވެ. ”ދެން ފެނުނީ ދުމާއި އަލިފާން އަރަން ފެށިތަނެވެ.“
އޭނާގެ އަތުން ފޯނު ވިއްސައިގެން ދިޔައެވެ ގަދަ ވައިގެ އޮއިވަރަކާއެކު ދަގަނޑު އެތިކޮޅުތަކެއް އޭނާގެ ހަށިގަނޑަށް ވަދެގެން ދިޔަ ކަމުގެ އިހުސާސް ކުރެވުނެވެ.
ތިރި ބަލާލިއިރު މޫނުން ލޭ އޮހެނީއެވެ. ކޮނޑުގަޑުގައި އަލިފާން ހިފާފައިވާ ކަމުގެ އިހުސާސް ކުރެވުނެވެ. ތެދުވެވުނުއިރު އޭނާގެ ބޫޓު އޮތީ ކަފައިގެން ގޮސްފައެވެ.
އަބްދުﷲ އަކީ ދެ ގަވަރުނަރޭޓަކަށް ބޯފެން ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނި ސައުތު ލެބަނަން ވޯޓާ އެސްޓަބްލިޝްމަންޓް ގެ އިލެކްޓްރިކަލް މެއިންޓެނަންސް މުވައްޒަފެކެވެ.
އޭނާ އެވަގުތު ކުރަމުންދިޔައީ އާންމުކޮށްވެސް ކުރާ މަސައްކަތެވެ. އެއީ ސްޓޭޝަން ހިންގައި ބެލެހެއްޓުމެވެ.
އޭނާ ބުނި ގޮތުގައި އެ ފެސިލިޓީއަކީ އެ ސަރަހައްދުގައި މަޝްހޫރު އަދި ސާފުކޮށް އެނގޭނެހެން ފާހަގަކޮށްފައިވާ ތަނެކެވެ. ”އެތަނުގައި ބޯޑުތައް ހުންނާނެ އަދި އުޅަނދުތަކުގައި ސައުތު ލެބަނަން ވޯޓާ އެސްޓަބްލިޝްމަންޓްގެ ނަމާއި ލޯގޯ ޖަހާފައި ހުންނާނެ އެއީ ސަރުކާރުގެ އިދާރާއެއް އަދި އަހަރެމެން ތިބީ މަސައްކަތުގެ ޔުނީފޯމުގައެވެ.“
މި ހަމަލާ ދީފައިވަނީ 9 ޖޫން 2026 ގައެވެ. އެއީ އިސްރާއީލާއި ލުބުނާނު ސަރުކާރުން ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވިކަން ވޮޝިންޓަންގައި އިއުލާނުކުރިތާ ފަސް ދުވަސް ފަހުންނެވެ.
ޢަބްދުﷲ ހޮސްޕިޓަލަށް ގެންގޮސް ފައިގެ ނާރުތަކަށާއި މެޔާއި ކޮނޑަށް ވަދެފައިވާ ރޮކެޓް އެތިކޮޅުތައް ނެގުމަށް އޮޕަރޭޝަންތަކެއް ކުރިއެވެ.
އޭނާ ދެ ދުވަސް ވަންދެން އައިސީޔޫގައި އޮތެވެ. އޭނާ އަދިވެސް ހިނގަނީ ވަރަށް މަޑުމަޑުންނެވެ. ދުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި މިހާރުވެސް ދަނީ ފިޒިއޮތެރަޕީ ހަދަމުންނެވެ.
އޭނާގެ އެހެން މުވައްޒަފުންނަށް އަނިޔާއެއް ނުވެ އެވެ. އަދި ސްޓޭޝަނުގެ މަސައްކަތްވެސް ހުއްޓުމަކަށް ނާދެއެވެ. ލިބުނު ގެއްލުމަކީ ޓެކްނިކަލް ގެއްލުމެއް ނޫނެވެ. ހަމަލާ އަމާޒުވީ އޮފީހަކާއި ގުދަން ފަދަ ތަނަކަށެވެ.
އޭގެ ދުވަސްތަކެއް ފަހުން ލުބުނާނުގެ ސިފައިން ބުނީ އެ ފެން ޕްލާންޓް ތެރޭގައި ގޮވާފައިނުވާ ގައިޑެޑް އޭރިއަލް ބޮމެއް އޮތް ކަމަށާއި ހާއްސަ ޔުނިޓަކުން އެ ނައްތާލާފައިވާ ކަމަށެވެ.
”އެ ސްޓޭޝަން ހުންނަނީ ރަށާ ދުރުގައި،“ އަބްދުﷲ ބުންޏެވެ. ”އެތަނުގެ ކައިރިއަކު ގެއެއް ނުވަތަ އެހެން އެއްޗެއްވެސް ނުހުރެއެވެ.“
އޭނާ އަދިވެސް މަސައްކަތަށް ނުނިކުމެއެވެ.
”ތެދަށް ބުނާނަމަ، ދެން އެތަނަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫން،“ އޭނާ ބުންޏެވެ. ”އަހަރެން ސިކުންތުކޮޅެއްގެ ތެރޭގައި މަރުވެދާނެ އަދި އަހަރެން އެއްވެސް ގޯސް ކަމެއް ނުކުރަން. އަހަރެން ކުރިހާވެސް ކަމަކީ މީހުން ބޯނެ ފެން ޕަންޕު ކޮށްދިނުމެވެ.“



