’ނޭޝަނަލް ވޮލީބޯލް ލީގު 2026’ގެ ޗެމްޕިއަންކަން ސިފައިންގެ ކުލަބު ހޯދަިއި

’ނޭޝަނަލް ވޮލީބޯލް ލީގު 2026’ގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު(ޑީއެސްސީ)އިން ހޯދައިފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ސޯޝަލް ސެންޓަރުގައި އޮކްޓޫބަރު 15އިން 21އަށް ކުރިއަށްގެންދިޔަ ’ނޭޝަނަލް ވޮލީބޯލް ލީގު 2026’ގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދާފައިވަނީ ކުޅުނު 4 މެޗު ވެސް ކާމިޔާބުކޮށްގެންނެވެ.

އެގޮތުން އޮކްޓޫބަރު 15ވަނަ ދުވަހު ހަވީރު ލަޔަންސްއާ ވާދަކޮށް 3-0 ސެޓުން ޑީއެސްސީންމެޗު ކާމިޔާބުކުރި އިރު، ޑީއެސްސީން ކުޅުނު ދެވަނަ މެޗުގައި އޮކްޓޫބަރު 18ވަނަ ދުވަހުގެ ރޭ ކުލަބް އެމްޓީސީސީއާ ވާދަކޮށް، 3-1 ސެޓުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މި ދެ މެޗުގެ ވެސް ޕްލެއަރ އޮފް ދަ މެޗުގެ މަޤާމު ލިބިފައި ވަނީ ޕާކިސްތާނު ކުޅުންތެރިޔާ، ޑީއެސްސީގެ ޖާޒީ ނަންބަރު 9، ފަހަދު ރަޒާއަށެވެ.

މި ލީގުގައި ޑީއެސްސީން ކުޅުނު ތިންވަނަ މެޗުގައި އޮކްޓޫބަރު 19ވަނަ ދުވަހުގެ ހަވީރު ޕޮލިސް ކުލަބާ ބައްދަލުކޮށް 3-0 ސެޓުން މޮޅުވެ، ޑީއެސްސީން ކުޅުނު ހަތަރުވަނަ މެޗުގައި އޮކްޓޫބަރު 21ވަނަ ދުވަހުގެ ރޭ އެޗްޑީސީއާ ބައްދަލުކޮށް 3-1 ސެޓުން ޑީއެސްސީން މެޗު ކާމިޔާބުކުރި އިރު، މި ދެ މެޗުގެ ޕްލެއަރ އޮފް ދަ މެޗުގެ މަޤާމު ލިބިފައި ވަނީ ޑީއެސްސީގެ ޖާޒީ ނަންބަރު 10، ކޯޕްރަލް ޙުސައިން ރައްޒާންއަށެވެ.

އޮކްޓޫބަރު 21ވަނަ ދުވަހުގެ ރޭ ސޯސަލް ސެންޓަރުގައި ’ނޭޝަނަލް ވޮލީބޯލް ލީގު 2026‘ ނިންމުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި، ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު، އޮނަރަބަލް ޢަބްދުﷲ ރާފިޢު އެވެ. އަދި މި ލީގުގެ ރަނައަޕް ޓީމް، ޕޮލިސް ކުލަބަށް މެޑަލް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.

’ނޭޝަނަލް ވޮލީބޯލް ލީގު 2026’ގައި ދިވެހި ސިފައިންގެ ކުލަބު ޓީމުގެ ކުޅުންތެރިން ފަޚުރުވެރި ހަތް މަޤާމެއް ވަނީ ހާސިލުކޮށްފަ އެވެ.

އެގޮތުން ޖާޒީ ނަންބަރު 10، ކޯޕްރަލް ޙުސައިން ރައްޒާން ’ބެސްޓް އޮޕޮސިޓް ޕްލެޔަރ‘ އާއި ’މޯސްޓް ވެލިއުބަލް ޕްލެޔަރ‘ ގެ މަޤާމު ހޯދާފައި ވާ އިރު، ޖާޒީ ނަންބަރު 6، ސްޓާފް ސާޖަންޓް ޙުސައިން ޝާހިދަށް ’ބެސްޓް ސެޓަރ’ގެ މަޤާމު އަދި ޖާޒީ ނަންބަރު 14، ސްޓާފް ސާޖަންޓް އާދަމް ނަސީމަށް ’ބެސްޓް އައުޓްސައިޑް ހިޓަރ’ގެ މަޤާމު ވަނީ ލިބިފަ އެވެ.

މީގެއިތުރުން، އާދަމް ފައިރޫޒަށް ’ބެސްޓް މިޑްލް ބްލޮކަރ’ގެ މަޤާމު ލިބިފައި ވާ އިރު، ’މޯސްޓް ވެލިއުބަލް ފޮރިނަރ’ގެ މަޤާމު ލިބިފައި ވަނީ ޕާކިސްތާނުގެ ކުޅުންތެރިޔާ، ޖާޒީ ނަންބަރު 9، ފަހަދު ރަޒާއަށެވެ. އަދި ’މޯސްޓް ވެލިއުބަލް ކޯޗު’ގެ މަޤާމު ލިބިފައި ވަނީ ދިވެހި ސިފައިންގެ ކުލަބުގެ ސާޖަންޓް ފަސްޓް ކްލާސް ޖުނައިދު ޢަބްދުﷲއަށެވެ.

މި ލީގް ނިންމުގެ ރަސްމިއްޔާތުގައި ބައެއް ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންގެ އިތުރުން ދިވެހި ސިފައިންގެ ކުލަބުގެ އިސް ފަރާތްތަކާއި އެކިރޭންކުތަކުގެ ސިފައިން ވަނީ ބައިވެރިވެލައްވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.