ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ޣާޒީ ސްކޫލުގައި ޚާއްޞަ ހަރަކާތެއް ބާއްވައިފި

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދިވެހިރާއްޖޭގެ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ”އެންހޭންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ“ (އީ.ސީ.އާރް.އެފް.އެސް) ޕްރޮޖެކްޓާއި ޣާޒީ ސްކޫލް ގުޅިގެން ޚާއްޞަ ހަރަކާތެއް ބާއްވައިފި އެވެ.

”ވިލުންވެށި“ ސްކޫލް ގާޑަން ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ދަރިވަރުން ބައިވެރިވެގެން ދަނޑުވެރިކަމުގެ އަމަލީ ތަޖުރިބާ ހޯދުމަށްޓަކައި ބޭރުގައި ކުރިއަށް ގެންދިޔަ ގާޑަން ސެޝަނެކެވެ

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

 

މި އަހަރުގެ މި ދުވަސްތަކުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ”އިނޮވޭޓް ޓުޑޭ، ނަރިޝް ޓުމޯރޯ“ (މިއަދުގެ އީޖާދު، މާދަމާގެ ދުޅަހެޔޮކަން) މި ޝިއާރުގެ ދަށުން، މި ސެޝަނުގައި ދަރިވަރުން ވަނީ ކާބޯތަކެތި އުފެއްދުމުގައި ބޭނުންކުރާ ޒަމާނީ އަދި އީޖާދީ އުސޫލުތަކާ ބެހޭގޮތުން މައުލޫމާތު ހޯދާފައެވެ. އަދި މިހާރު ބޭނުންކުރެވެމުންދާ އެކި އުކުޅުތައް ދެނެގަނެ، މުސްތަޤުބަލުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އައު ވިސްނުންތަކާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ގޮތްތަކާ މެދު ދަރިވަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

މި ސެޝަންގައި އަމަލީ ގޮތުން ކަންކަން ދަސްކުރުމުގެ އިތުރުން ފުންކޮށް ވިސްނުމަށް ބާރުއަޅާ މަޝްވަރާތަކެއް ކުރިއަށް ގެންދެވުނެވެ.

މީގެ މައިގަނޑު މަޤްޞަދަކީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދޭނެ ނިޒާމެއް ބިނާކުރުމުގައި ދަރިވަރުންނަށް އަމިއްލައަށް އަދާކުރެވިދާނެ ދައުރާ މެދު ވިސްނައި އެކަމަށް ޝައުޤުވެރިކަން އުފެއްދުމެވެ.

ފަދަ ހަރަކާތްތަކުގެ ސަބަބުން، ކުރިމަގުގައި ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ތިމާވެއްޓާ ރައްޓެހި އީޖާދީ ދަނޑުވެރިކަމަށް ޒުވާން ޖީލު ހޭލުންތެރިކުރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.