ސަޢޫދީ އާއި ހޫތީންގެ ހަނގުރާމަ: ގެއްލުންބޮޑީ ކޮން ބަޔަކަށް؟

2015 ވަނަ އަހަރާ އަޅާބަލާއިރު ސަޢޫދީ ޢަރަބިއްޔާ މިހާރު ދުނިޔޭގެ އިޤްތިސާދާ މާ ބޮޑަށް ގުޅިފައިވެ އެވެ.

މި މަސް ނިމޭއިރު ބޮޑު އިންވެސްޓްމަންޓް ކޮންފަރެންސެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ރިޔާޟް އެއާޕޯޓް ބަންދުކުރަން ޖެހުމަކީ ސަޢޫދީން ބޭނުންވާނެ ކަމެއް ނޫނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އައު ހަނގުރާމައެއްގެ ސަބަބުން ސަޢޫދީގެ އިޤްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާނެ އެވެ.

ސަޢޫދީގެ އިޤްތިސާދު މިއަހަރު 3.6 އިންސައްތަ ދަށަށް ދާނެ ކަމަށް ބެލެވޭއިރު، ”ވިޜަން 2030“ ގެ ބައެއް ބޮޑެތި މަޝްރޫއުތައް މިހާރުވެސް ވަނީ މަޑުޖައްސާލަން ޖެހިފަ އެވެ.

ގައުސް ވިދާޅުވި ގޮތުގައި، ސަޢޫދީން ހޫޘީންނަށް ކިތަންމެ ވަރަކަށް ބޮން އެޅިޔަސް އެމީހުންނަށް ލިބޭ ގެއްލުން ކުޑަ އެވެ.

ސަބަބަކީ އެމީހުންނަކީ ޒަމާނީ އިގްތިސާދެއް ބިނާކުރުމުގެ ޝައުގުވެރިކަން ހުރި ބައެއް ނޫނެވެ. ނަމަވެސް ހޫޘީން ރިޔާޟް އެއާޕޯޓަށް ދޭ އެންމެ ހަމަލާއަކުން ސަޢޫދީއަށް ލިބޭ ގެއްލުން މާ ބޮޑެވެ.

ސަޢޫދީއަށް މިފަހަރު އޮތް ހަމައެކަނި ފައިދާއަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ހަމްދަރުދީ ކުރިއަށްވުރެ ބޮޑަށް ލިބުމެވެ.

ޚާއްސަކޮށް ހޫޘީންގެ ހަމަލާތަކުގައި ޢުމްރާވެރިންނަށް އަސަރުކުރުމުން އެކަން ގިނަ ބަޔަކު ދަނީ ކުށްވެރިކުރަމުންނެވެ.

ކުވެއިތު ޔުނިވާސިޓީގެ ތަޖުރިބާކާރު ބަދުރު އަލް-ސައިފް ވިދާޅުވީ، ސަޢޫދީން ބައިނަލްއަޤްވާމީ ތާއީދު ހޯދުމަށްޓަކައި ހަމަލާދިނުމުގައި ކެތްތެރިކަން އިސްކުރަމުންދާ ކަމަށެވެ.

ނަމަވެސް ހަމަލާ ލިބެމުންދާއިރު މާ ބޮޑަށް މަޑުން ތިބުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށާއި، ހޫޘީން މަޝްވަރާގެ މޭޒަށް ގެނައުމަށްޓަކައި ބާރުގެ ބޭނުންކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަޢޫދީން އަމިއްލަ އެއްޤަމު ސިފައިން ޔަމަނަށް ފޮނުވަން ބޭނުން ނުވާތީ، އެޤައުމުން ބަރޯސާވަނީ ޔަމަނުގެ އެތެރޭގައި ތިބި އެޤައުމުގެ ބައިވެރިންނަށެވެ.

ސަޢޫދީއަކީ ޔަމަނުގެ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ސަރުކާރަށް އެންމެ ބޮޑަށް އެހީތެރިވާ ޤައުމު ނަމަވެސް، އެ ސަރުކާރަށް ތާއީދުކުރާ ފައުޖުތައް ވަނީ ވަރަށް ބޮޑަށް ބައިބައިވެފަ އެވެ.

ޔަމަނުގެ ސަރުކާރުން މިމަހު ކުރީކޮޅު ވަނީ 2014 ވަނަ އަހަރުން ފެށިގެން ހޫޘީންގެ ބާރުގެ ދަށުގައި ހުރި ހުރިހާ ސަރަހައްދުތަކެއް މިނިވަންކުރުމަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް އިއުލާންކޮށްފަ އެވެ.

ނަމަވެސް، މި އޮޕަރޭޝަން މޮނިޓަރ ކުރަމުންދާ ހުޅަނގުގެ އޮފިޝަލަކު ބުނި ގޮތުގައި އެ ފައުޖުތަކުގެ މަސައްކަތްތައް ފެންނަނީ ވަރަށް ބަލިކަށިކޮށެވެ.

ބައެއް ފައުޖުތައް ހަނގުރާމައަށް ނުކުތީ ކާބޯތަކެއްޗާއި ފެނާ ނުލައި ކަމަށާއި، އަނެއް ބައި ޔުނިޓުތައް ހަނގުރާމައިގެ މައިދާން ދޫކޮށް ފިލާފައިވާ ކަމަށް އޭނާ ފާހަގަކުރި އެވެ.

ހޫޘީންނާ ދެކޮޅަށް އެންމެ ވަރުގަދައަށް ހަނގުރާމަކުރަނީ ޔޫ.އޭ.އީ އަށް ތާއީދުކުރާ ޔަމަނުގެ ޖަމާއަތްތަކެވެ.

ނަމަވެސް، އެ ޖަމާއަތްތަކުން ޔަމަނުގެ ދެކުނު ވަކި ދައުލަތަކަށް ހެދުމަށް ކުރާ މަސައްކަތަށް ޔޫ.އޭ.އީ އިން ތާއީދުކުރާތީ، ސަޢޫދީއާއި ޔޫ.އޭ.އީ އާ ދެމެދު ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފަ އެވެ. މީގެ ސަބަބުން ހޫޘީންނާ ދެކޮޅަށް އެކުވެރި ފައުޖެއް ބިނާކުރުމަށް ވަނީ ހުރަސް އެޅިފަ އެވެ.

މިދިޔަ މަހު ސަޢޫދީން ވަނީ ޔޫ.އޭ.އީގެ ނައިބު ރައީސް މަންޞޫރު ބިން ޒާއިދު އަށް މަރުހަބާ ދަންނަވައި، ދެޤައުމުގެ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކޮށްފަ އެވެ.

ނަމަވެސް، އަންގާރަ ދުވަހު ޔަމަނުގެ ވަކިވެގަތުމަށް މަސައްކަތްކުރާ ހަރަކާތުގެ ވެރިޔާ ޢައިދަރޫސް އަލް-ޒުބައިދީ އާންމުކުރި ވީޑިއޯއެއްގައި އޭނާގެ ފަހަތުގައި ހުރީ ކުރީގެ ދެކުނު ޔަމަނުގެ ޗާޓެކެވެ. 1967 އިން 1990 އަށް ޔަމަނު އޮތީ ދެ ގައުމެއްގެ ގޮތުގަ އެވެ.

ޒުބައިދީ ހޫޘީންނާ ދެކޮޅަށް ތެދުވުމަށް ގޮވާލި ނަމަވެސް އޭނާ ވަނީ ދެކުނު ޔަމަނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލާފަ އެވެ.

ޔަމަނުގެ މުހައްލިލެއް ކަމަށްވާ އިބްރާހީމް ޖަލާލް ވިދާޅުވި ގޮތުގައި، މިއީ ސަޢޫދީއާއި ޔޫ.އޭ.އީގެ މެދުގައި އޮތް ޚިޔާލުތަފާތުވުންތައް ހާމަވެގެންދިޔަ ކަމެކެވެ.

އޭނާ އިތުރަށް ވިދާޅުވީ ހޫޘީންނަށް ހަނގުރާމަ މާ ބޮޑަށް ވަރުގަދަ ކުރެވިދާނެ ކަމަށާއި، އެހެންކަމުން ސަޢޫދީން ޔަމަނުގެ ސަރުކާރަށް ދޭ ހަތިޔާރުގެ އެހީތެރިކަން މިހާރަށްވުރެ އިތުރުކުރަން ޖެހޭ ކަމަށެވެ.

ގައުސް ވިދާޅުވި ގޮތުގައި، ސަރަހައްދީ ފެންވަރުގައި އޮތް ނުތަނަވަސްކަން ހައްލުނުކޮށް، ޔަމަނުގެ ހާލަތު ބަދަލުކުރުމަކީ ސަޢޫދީއަށް ކުރެވޭނެ ކަމެއް ނޫނެވެ.

ހޫޘީންގެ އަމިއްލަ މަގްސަދުތަކެއް ހުރި ނަމަވެސް، އެމީހުންގެ އަމަލުތައް ގުޅިފައިވަނީ އީރާނާއި އެމެރިކާއާ ދެމެދު އޮތް ގުޅުމާ އެވެ.

ސަޢޫދީއަށް އޮތް ހަމައެކަނި މަގަކީ އީރާނާއެކު އޮތް މައްސަލަތަކަށް ސިޔާސީ ހައްލެއް ހޯދުމަށް އެމެރިކާއަށް ބާރުއެޅުން ކަމަށާއި، ހޫޘީން ހުއްޓުވޭނީ އީރާނުން އެމީހުންނަށް އަންގައިގެން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.