ކެންސަރަށް ފަރުވާ ހޯދާ ކުޑަކުދިންނަށް މެޑަމް ފާތުން އެހީތެރިކަން ފޯރުކޮށްދެއްވައިފި

 

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ގިނަ އަދަދެއްގެ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް އެހީތެރިކަން ފޯރުކޮށްދެއްވައިފިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މެޑަމް ފާތުން 18 އަހަރުން ދަށުގެ ގިނަ އަދަދެއްގެ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވަނީ މިއަދު ހަވީރު މުލިޔާގޭގައި ބޭއްވި ހަފުލާއެއްގައެވެ.

މިއަދު ހަވީރު މުލިއާ ގޭގެގައި ބޭއްވި މި ރަސްމިޔާތުގައި ވާހަކަފުޅު ދައްވަމުން މެޑަމް ފާތުން ވިދާޅުވީ ކެންސަރަކީ ވޭނާ ތަދު އިހުސާސްކޮށް ދިރިއުޅުން މަތިން މާޔޫސް ކުރުވާ ބައްޔެއް ކަމަށާއި އެހެން ނަމަވެސް އުންމީދު ކަނޑާ ނުލާ ހިއްވަރާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަދި ކެންސަރު ބައްޔަކީ މިހާރު ފަރުވާ ހޯދެވޭނެ ބައްޔެއް ކަމަށާއި އަދި އެކަމަށް އެހީތެރިކަން ފޯރުކޮށް ދެވޭތީ އުފާ ކުރައްވާ ކަމަށްވެސް ފާތުން ވިދާޅުވިއެވެ.

މެޑަމް ވިދާޅުވީ މިފަދަ އުފާވެރިކަން އިހުސާސް ކުރެވެނީ އެކަކު އަނެކަކަށް އަޅާލަމުންދާ މުޖުތަމައުގެ ހިއްސާދާރަކަށް ހުރިހާ ފަރާތްތަކާއެކު ވެސް ވެވޭތީ ކަމަށެވެ.

މެޑަމް ވިދާޅުވީ ކެންސަރަކީ ފަރުވާއަށް ޝިފާއަކަށް ބޭނުންވެފައި އޮތް ބައްޔެއް ކަމަށާއި އެހެން ކަމުން އުންމީދު ކަނޑާ ލައިގެން ނުވާނޭ ކަމަށެވެ. މެޑަމް ވިދާޅުވީ އުންމީދަކީ އިންސާނާގެ ފުރާނާގެ އެންމެ ފަހުގެ ވިންދާއެކުގައި ވެސް ވާއެއްޗެއް ކަމަށާއި އެހެންވެ ކޮންމެ ދުވަހަކުވެސް އުންމީދު އާކުރަންޖެހޭ ކަމަށެވެ.

އަދި ކެންސަރު ބަލީގައި މާޔުސްވާ ހުރިހާ ފަރާތްތަކާއި އެކުގައި ވާކަމަށްވެސް މެޑަމް ވަނީ ވިދާޅުވެފައެވެ.

މިއަދުގެ މި ހަފްލާގައި މެޑަމް ވަނީ އާއިލާތަކާ ވަކިވަކިން ބައްދަލު ކުރައްވަވާފައެވެ.

މީގެއިތުރުން އާސަންދަގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދު އާއި އެންސްޕާގެ ސީއީއޯ މުޖުތަބާ އަލީ ޖަލީލް ވެސް އެ އާއިލާތަކާ ބައްދަލު ކުރެއްވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.