ތައުބާވާނެ ގޮތް: ފިޔަވަޅަކުން ފިޔަވަޅަކުން 01

އިޚްލާޞްތެރި ތައުބާއަކީ ކޮބައިތޯއެވެ؟ އަދި ތައުބާ ޤަބޫލުކުރެއްވިއްޖެކަން އެނގޭނީ ކިހިނެއްތޯއެވެ؟

އިޚްލާޞްތެރި ތައުބާއެއްގައި ފުރިހަމަވާންޖެހޭ ޞަރީޙަ ޝަރުޠުތަކެއްވެ އެވެ.

އެއީ: ފާފަކުރުން ވަޤުތުން ހުއްޓާލުމާއި، ކުރެވުނު ކަންތަކާ މެދު ހިތުގެ އަޑިން ދެރަވެ ހިތާމަކުރުމާއި، ދެން ދުވަހަކުވެސް އެ ފާފައަށް އަރައިނުގަތުމުގެ ޢަޒުމް ކަނޑައެޅުމެވެ. އަދި އެ ފާފައަކީ އެހެން އިންސާނެއްގެ ޙައްޤަކާ ގުޅިފައިވާ ކަމެއްނަމަ، އެ ޙައްޤެއް އަދާކުރުން ނުވަތަ މަޢާފަށް އެދުން ހިމެނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ތައުބާ ޤަބޫލުކުރެއްވުމުގައި ﷲ سبحانه وتعالى ގެ ރަޙްމަތްފުޅު ނުހަނު ތަނަވަހެވެ. މާތްﷲ ވަޙީކުރައްވާފައިވެ އެވެ.

قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا

”ކަލޭގެފާނު ވިދާޅުވާށެވެ! އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އިސްރާފުކޮށް (އެބަހީ: ފާފަކޮށް) ފައިވާ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތްފުޅުން އުއްމީދު ކަނޑާނުލާށެވެ! ހަމަކަށަވަރުން، ﷲ އީ ހުރިހާ ފާފަތަކެއް ފުއްސަވާ ރަސްކަލާނގެއެވެ.“ (ޒުމަރު ސޫރަތް: 53)

ތައުބާއަކީ އަދަބެއް ނޫން، އެއީ ހުޅުވިފައިވާ ދޮރެއް:
ފާފަތަކާ މެދު ސީރިއަސްކޮށް ވިސްނުމަށް ގިނަ ބަޔަކު ޖެހިލުންވަނީ، ތައުބާވުމަކީ ހަރުކަށި ފަނޑިޔާރެއްގެ ކުރިމަތީގައި ކުށަށް އިޢުތިރާފުވުން ފަދަ ބުރަ ކަމެއްގެ ގޮތުގައި އިޙްސާސް ކުރެވޭތީ އެވެ.

ނަމަވެސް ކީރިތި ޤުރްއާނުގައި މިކަން ސިފަކޮށްދީފައިވަނީ މުޅިން ތަފާތު ގޮތަކަށެވެ. މާތްﷲ ވަޙީކުރައްވާފައިވެ އެވެ.

”ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.“ (ބަޤަރާ ސޫރަތް: 222). މި އާޔަތުން އެނގެނީ ތައުބާއަކީ ހަމައެކަނި ﷲ އިލާހު ފުރުޞަތު ދެއްވާ ކަމެއް ނޫން ކަމާއި، އެއީ އެކަލާނގެ ލޯބިވެވޮޑިގެންވާ ޢަމަލެއް ކަމެވެ.

ރަސޫލާ ﷺ ދެއްވި މިސާލެއްގައިވެ އެވެ. ކާބޯތަކެއްޗާއި ފެނާއެކު ސަހަރާއެއްގެ ތެރެއަށް ގެއްލުނު ޖަމަލު، އުއްމީދު ކަނޑާލާފައި ވަނިކޮށް ކުއްލިއަކަށް ފެނުމުން އެ މީހާއަށް ލިބޭ އުފަލަށްވުރެ، އެކަލާނގެ އަޅަކު ތައުބާވުމުން ﷲ ވޮޑިގަންނަވާ އުފާފުޅު މާ ބޮޑެވެ (ޞަޙީޙު މުސްލިމް: 2747).

އެހެންކަމުން ތައުބާ ދެނެގަންނަންޖެހެނީ ބިރުވެރިކަމެއްގެ ގޮތުގައެއް ނޫނެވެ. އެއީ ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަމެކެވެ.

ފާފަކުރުމަކީ އިންސާނީ ތަބީޢަތުގެ ބައެކެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވި އެވެ. ”އާދަމުގެ ދަރިކަލުން ކުރެ ކޮންމެ މީހަކީވެސް ކުށް ކުރެވޭނެ މީހެކެވެ. އަދި ކުށްކުރާ މީހުންގެ ތެރެއިން އެންމެ ހެޔޮ މީހުންނަކީ ތައުބާވާ މީހުންނެވެ“ (ތިރުމިޛީ: 2499). މީހެއްގެ ހެޔޮކަން ވަޒަންކުރެވެނީ ފާފައެއް ނުކުރުމަކުން ނޫނެވެ، ނަމަވެސް ފާފައަށްފަހު އެނބުރި ރުޖޫޢަވުމުގައި ބަހައްޓާ ހަލުވިކަމާއި އިޚްލާޞްތެރިކަމުންނެވެ.

ފުރަތަމަ ފިޔަވަޅު: ވަގުތުން ފާފަ ހުއްޓާލުން
ނުނިމޭ…

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.