ހޫޘީންނާ ދެކޮށް އެމެރިކާ އަދި ސަޢޫދީ އަތުގައި އެކަށީގެންވާ ރޭވުން ތެރިކަމެއް ނެތް

ހޫޘީންގެ ހަމަލާތަކުގެ ސަބަބުން ރިޔާޟްގެ ނާޒުކުކަން ހާމަވެފައިވާއިރު، އެމެރިކާއާއި ސަޢޫދީ ޢަރަބިއްޔާއަތުގައި މިކަމާ ދެކޮޅަށް އެކަށީގެންވާ ރޭވުމެއް ނެތެވެ.

ޔަމަނުގެ ހޫޘީ ޖަމާޢަތުން ސަޢޫދީގެ ވެރިރަށަށް ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލުމާ ގުޅިގެން، މިކަމުގެ ތެރެއަށް ސީދާގޮތުން ވަނުމަށް ރައީސް ޓްރަމްޕް އިންކާރުކޮށްފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރިޕޯޓްތައް ބުނާގޮތުން، ރަތްކަނޑުގެ އިސްތިރާތީޖީ ގޮތުން މުހިންމު ރަށެއްގެ ކޮންޓްރޯލް ހޫޘީން ހޯދާފައިވާއިރު، އެމީހުންނާ ދެކޮޅަށް ހަމަލާދޭނެ ސާފު ޕްލޭނެއް ސަޢޫދީ ޢަރަބިއްޔާއާއި އެމެރިކާގެ އަތުގައި ނެތެވެ.

އެމެރިކާއިން ސަޢޫދީ ޢަރަބިއްޔާއަށް އިތުރު އިންޓެލިޖެންސް މަޢުލޫމާތާއި ހަމަލާދޭނެ އަމާޒުތައް ދެނެގަތުމަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ނަމަވެސް، ހޫޘީން ފަހަތަށް ޖެއްސުމަށް އަދިވެސް ނުކުޅެދިފައިވާ ކަމަށް ސީއެންއެންއަށް މަޢުލޫމާތު ދިން މަސްދަރުތަކުން ބުނެ އެވެ.

އެމެރިކާގެ އޮފިޝަލުން ހާމަކުރި ގޮތުގައި، މި އަހަރުގެ ކުރީކޮޅު އީރާނުން އަމަލުކުރި ފަދައިން، ވިޔަފާރި އާގުބޯޓުފަހަރު ދަތުރުކުރާ މުހިންމު ކަނޑުގެ ސަރަހައްދެއް ބަންދުކުރުމަށް ހޫޘީން މަސައްކަތް ކުރާނެކަން އިންޓެލިޖެންސް ރިޕޯޓްތަކުން ކުރިންވެސް ވަނީ އެނގިފަ އެވެ.

ފާއިތުވި ދިހަ އަހަރު ތެރޭގައި ސަޢޫދީން ތާޢީދުކުރާ ޔަމަނުގެ ސަރުކާރުގެ ސިފައިންނަށް ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރުމަށް އެކަށީގެންވާ ތަމްރީނު ދީފައިވާނެ ކަމުގެ ޔަޤީންކަން ސަޢޫދީން ދީފައިވީ ނަމަވެސް، ހޫޘީން ފަހަތަށް ޖެއްސުމުގެ ޤާބިލުކަން ރިޔާޟްގެ ކިބައިގައި ހުރި ކަމަކަށް ވޮޝިންގްޓަނުން ޤަބޫލެއް ނުކުރެ އެވެ.

ސީއެންއެންގެ މި ރިޕޯޓް އައިސްފައިވަނީ، ކޭމްޕް ޑޭވިޑްގައި ހުރުމަށްފަހު ހޮނިހިރު ދުވަހު ރައީސް ޓްރަމްޕް ކުއްލި ގޮތަކަށް ވައިޓް ހައުސްއަށް އެނބުރި ދިއުމާ ގުޅިގެންނެވެ.

ޓްރަމްޕް އަވަހަށް އެނބުރި ދިއުމާ ގުޅޭގޮތުން ރަސްމީ އިދާރާތަކުން ސާފު ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް، އެ ދަނޑިވަޅަކީ ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދެމުންދިޔަ ވަޤުތެކެވެ.

ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ ސަޢޫދީ ކޯލިޝަނުން ބުނި ގޮތުގައި، އީރާނުގެ ތާޢީދު އޮންނަ އެ ޖަމާޢަތުން ހޮނިހިރު ދުވަހުގެ ފަތިހު ވަނީ ރިޔާޟަށް އަމާޒުކޮށް ބެލިސްޓިކް މިސައިލެއް ފޮނުވާލާފަ އެވެ.

ލޯކަލް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސަޢޫދީ ކަމާބެހޭ ފަރާތްތަކުން ވަނީ ރައްޔިތުން ގޭތެރޭގައި މަޑުކުރުމަށް އަންގައި ކުއްލި އިންޒާރެއް ނެރެފަ އެވެ.

މި ހަމަލާއާ ގުޅިގެން، ރިޔާޟްގެ ބައިނަލްއަޤްވާމީ އެއާޕޯޓް ކައިރީގައި ހުރި ތެޔޮ ގުދަނެއްގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ފަޔަރ ފައިޓަރުން ހަރަކާތްތެރިވެފައިވެ އެވެ. އެ ސަރަހައްދުގައި އޮތް އަރަމްކޯގެ ލޯގޯ ޖަހާފައިވާ ތެޔޮ ޓޭންކަރެއްގައިވެސް ވަނީ އަލިފާން ރޯވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.