މައިންބަފައިންނަށް އިޙްތިރާމްކުރުން 06

މައިންބަފައިން ދީނާ ޚިލާފު ކަމަކަށް ޢަމުރުކޮށްފިނަމަ ހަދާނީ ކިހިނެއް؟

އިސްލާމްދީނުގެ ޢާންމު އުޞޫލަކީ، ޚާލިޤުވަންތަ ﷲ އަށް އުރެދުމެއްވާ ކަމެއްގައި އެއްވެސް މަޚްލޫޤަކަށް ކިޔަމަންވުމެއް ނެތުމެވެ.

އެހެންކަމުން ދީނާ ޚިލާފު ކަމެއްގައި އެމީހުންނަށް ކިޔަމަންވާކަށް ނުޖެހޭނެ އެވެ. ނަމަވެސް އެފަދަ ޙާލަތުގައިވެސް އިންކާރުކުރަންވާނީ އޯގާތެރިކަމާއެކުގަ އެވެ. އަދި އެނޫން އެހެން ކަންކަމުގައި އެމީހުންނަށް އިޙްތިރާމްކޮށް ހެޔޮކޮށް ހިތުންމަތީ ދެމިހުންނަންވާނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މައިންބަފައިން ނިޔާވުމަށްފަހު އެމީހުންނަށް އިޙްތިރާމް އަދާކުރެވިދާނެތޯ؟

އާދެ، ރަސޫލާގެ ސުންނަތުން އެނގޭ ގޮތުގައި އެމީހުންނަށްޓަކައި އިޚްލާޞްތެރިކަމާއެކު ދުޢާކުރުމާއި، އެމީހުންގެ ނަމުގައި ޞަދަޤާތްކުރުމާއި، އެމީހުންގެ ރަޙްމަތްތެރިންނާއި ތިމާގެ މީހުންނާ ގުޅުން ބޭއްވުމާއި، އެމީހުންގެ ދަރަނިތައް އަދާކުރުމަކީ ނިޔާވުމަށްފަހުވެސް އެމީހުންނަށް އިޙްތިރާމް އަދާކުރެވޭނެ ގޮތްތަކެވެ.

މަންމައާއި ބައްޕައަށް ހެޔޮކޮށް ހިތުމުގައި ތަފާތެއްވޭތޯ؟

ދެމީހުންނަށްވެސް ހެޔޮކޮށް ހިތުމަކީ ވާޖިބެކެވެ. ނަމަވެސް އެންމެ އިސްކަންދޭންވީ ކާކަށްތޯ ސުވާލުކުރުމުން ރަސޫލާ ތިން ފަހަރުވެސް ”މަންމަ“ ގެ ނަންފުޅު ގެންނަވާފައި، ހަތަރުވަނަ ފަހަރު ”ބައްޕަ“ ގެ ނަންފުޅު ގެންނެވި އެވެ.

މީގެން ދޭހަވަނީ މާބަނޑު ދުވަސްވަރާއި، ވިހެއުމާއި، ކިރުދިނުމުގައި މަންމަ އުފުލާ ތަކުލީފުތަކުގެ ސަބަބުން މަންމައަށް ލިބިގެންވާ ޙައްޤު ބޮޑުކަމެވެ. ނަމަވެސް ބައްޕަގެ ޙައްޤަކީވެސް އުނިކުރެވޭނެ އެއްޗެއް ނޫނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.