އެފްބީއައި ނޭޝަނަލް އެކެޑަމީގެ 299 ވަނަ ސެޝަން ދިވެހި އިސް އޮފިސަރަކު ފުރިހަމަކުރައްވައިފި

އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެއް ކަމަށްވާ ”އެފްބީއައި ނޭޝަނަލް އެކެޑަމީ“ ގެ 299 ވަނަ ސެޝަން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާޢު ކާމިޔާބުކަމާއެކު ފުރިހަމަކުރައްވައިފިއެވެ.

އެމެރިކާގެ ވާޖީނިއާގެ ކުއަންޓިކޯގައި ހުންނަ އެފްބީއައި ޓްރެއިނިންގ އެކެޑަމީގައި 10 ހަފުތާގެ މުއްދަތަށް ކުރިއަށްދިޔަ މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2026 ސެޕްޓެމްބަރު 17 ގައެވެ. މި ސެޝަންގައި އެމެރިކާގެ 44 ސްޓޭޓަކާއި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ އިތުރުން، ދުނިޔޭގެ 28 ގައުމަކުން 29 އޮފިސަރުންނާއި، އަސްކަރިއްޔާގެ ފަސް އިދާރާއަކާއި ފެޑެރަލް ސިވިލިއަން ހަތަރު އިދާރާއެއް ހިމެނޭހެން ޖުމްލަ 265 ގާނޫނު ތަންފީޒުކުރާ އޮފިސަރުން ދަސްވެނިވިއެވެ. މި ރަސްމިއްޔާތުގައި އެފްބީއައިގެ ޑިރެކްޓަރ ކަޝްޔަޕް ޕީ. ޕަޓޭލް ވާހަކަފުޅު ދެއްކެވިއިރު، ދަސްވެނިވި އޮފިސަރުންގެ ފަރާތުން ކްލާސް ސްޕޯކްސްޕަރސަންގެ ގޮތުގައި ވާހަކަދެއްކެވީ ވޮޝިންގޓަން ޑީސީގެ މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓުގެ ޑާނެލް ރޮބިންސަންއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

1935 ވަނަ އަހަރު ގާއިމުކުރެވުނު އެފްބީއައި ނޭޝަނަލް އެކެޑަމީއަކީ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ފަންނީ މަތީ ތައުލީމާއި ތަމްރީނު ދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަގުބޫލު އެކެޑަމީއެކެވެ. މި ސެޝަނާއެކު މިހާތަނަށް އެ އެކެޑަމީން 57,461 އޮފިސަރުން ދަސްވެނިވެފައިވާއިރު، މި ޕްރޮގްރާމްގައި ބައިވެރިވާ އޮފިސަރުންނަކީ ގާނޫނު ތަންފީޒުކުރުމުގެ ހިދުމަތުގައި އެވްރެޖްކޮށް 21 އަހަރުގެ ތަޖުރިބާ ލިބިފައިވާ، އިސް މަގާމުތައް ފުރުއްވާ ބޭފުޅުންނެވެ.

FBI 299
އެފްބީއައިގެ ހާއްސަ އިންސްޓްރަކްޓަރުންނާއި ސްޕެޝަލް އޭޖެންޓުން ތަމްރީނު ދެއްވި މި ކޯހުގެ މުގައްރަރު ބިނާވެފައިވަނީ އެޑްވާންސްޑް ކޮމިއުނިކޭޝަންއާއި، ލީޑަރޝިޕް، ފިޓްނަސް ޓްރޭނިންގ، ގާނޫނު، ބިހޭވިއަރަލް ސައިންސް އަދި ފޮރެންސިކް ސައިންސްގެ މައްޗަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި 1972 ވަނަ އަހަރުން ފެށިގެން މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ޔުނިވަރސިޓީ އޮފް ވާޖީނިއާއިން އެކްރެޑިޓްކޮށްފައިވާ އަންޑަރގްރެޖުއޭޓް އަދި ގްރެޖުއޭޓް އެކަޑަމިކް ކްރެޑިޓް ލިބިގެންދެއެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާޢު މި ތަމްރީނު ފުރިހަމަކުރެއްވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލީޑަރޝިޕް ހުނަރުތަކާއި، ޕްރޮފެޝަނަލް ޕޮލިސިންގ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއެކު އޮންނަ ގުޅުން ވަރުގަދަކޮށް މުއައްސަސާގެ އެތެރޭގައި އިލްމާއި ތަޖުރިބާ ހިއްސާކުރުމަށް ލިބިގެންދިޔަ މުހިންމު ފުރުސަތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.