ޒިކުރުކުރުން: ދިރިއުޅުމުގެ އާދައަކަށް ހަދާނީ ކިހިނެއް؟ 03

އުނދަގޫ ވަގުތުތަކުގައި ޒިކުރުކުރުން

ދިރިއުޅުން އަމާންކޮށް އޮންނަ އިރު ﷲ ހަނދުމަކުރުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް ޙަޤީޤީ އިމްތިޙާނަކީ އަދި ޙަޤީޤީ ފައިދާއަކީ، މާޔޫސްވާ ވަޤުތާއި، ބިރުގަންނަ ވަޤުތާއި ނުވަތަ ހިތާމައިގެ ވަޤުތުގައި އެކަލާނގެ ހަނދުމަކުރުމެވެ.

ދަތި އުނދަގޫ ވަޤުތުތަކުގައި ކިޔުމަށް ޔޫނުސްގެފާނުގެ ދުޢާ لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ. (ލާ އިލާހަ އިއްލަ އަންތަ، ސުބުޙާނަކަ އިއްނީ ކުންތު މިނައްޡާލިމީން) ރަސޫލާ ﷺ ދަސްކޮށްދެއްވި އެވެ. އަދި އެ ދުޢާކޮށްފި މީހަކަށް އިޖާބަދެއްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހިތްދަތި ކަމެއް ނުވަތަ ހީނުކުރާ ކަމެއް ދިމާވާ ހިނދު  إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ (އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިޢޫން) ކިޔުމަށް ސުންނަތުގައި އޮވެ އެވެ. މި އިބާރާތުން ދޭހަކޮށްދެނީ ދިމާވި ކަމަކީ އިއްތިފާޤުން ދިމާވި ބަދުނަސީބެއް ނޫން ކަމާއި، އެއީ ޙިކުމަތްވަންތަ ރަޙީމްވަންތަ ރަސްކަލާނގެ މިންވަރުފުޅުން ވީ ކަމެއް ކަމެވެ.

ކަންކަން އަމާންކޮށް އޮންނަ އިރު މި ބަސްތައް ކިޔައި އާދަކުރުމަކީ، ބޭނުންޖެހޭ ވަޤުތު އެ ބަސްތައް ދޫމައްޗަށް ފަސޭހައިން އައުމަށް އޮތް މަގެކެވެ. އުފާވެރިކަމުގައި ޒިކުރުކޮށް އާދަނުކުރާ މީހަކަށް، ދަތި ވަޤުތު އެކަން ކުރުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.

ރޫޙެއް ނެތް ތަކުރާރުކުރުމަކުން ރައްކާތެރިވުން
ހިތުގެ ހާޒިރުކަމެއް ނެތި، ހަމައެކަނި މެކޭނިކަލް ގޮތަކަށް ޒިކުރުކުރުމުގެ ނުރައްކާ އޮވެ އެވެ. ޒިކުރުގެ އަގު ހުރީ ހަމައެކަނި ކިޔާ އަދަދަކު ނޫނެވެ. އެއަށްވުރެ ބޮޑަށް އެ ބަސްތަކުގައި އެކުލެވޭ މާނައިގަ އެވެ. ސަމާލުކަމެއް ނެތި ސަތޭކަ ފަހަރު ކިޔުމަށްވުރެ، ލިބިފައިވާ ނިޢުމަތަކާ މެދު ފުންކޮށް ވިސްނާލަމުން ތިން ފަހަރު ’އަލްޙަމްދުލިﷲ ކިޔުން މާ ރަނގަޅެވެ.

މިކަމަށް އޮތް އަމަލީ ހައްލަކީ، ޒިކުރު ކުރާއިރު މަޑުޖެހިލައި، ކިޔާ އެއްޗެއްގެ މާނައަށް ހިތުގެ އަޑިން ފިކުރުކޮށްލުމެވެ. الحمد لله (ސުބުޙާނަﷲ) ކިޔާއިރު، ﷲ ސުބުޙާނަހޫ ވަތަޢާލާއީ ހުރިހާ އުނިސިފަތަކަކާއި، ބޭނުންތެރިކަމަކާއި އަދި ބޭއިންސާފުން ހުސްތާހިރުވެވޮޑިގެންވާ ފަރާތްކަން ހިތަށް ގެންނާށެވެ.

މިގޮތަށް ކުޑަ ހިނދުކޮޅަކަށް މަޑުޖެހިލުމުން، އާދައިގެ މަތިން ކިޔައިލެވޭ ބަސްތަކަށް އާ ދިރުމެއް ލިބިގެންދާނެ އެވެ.

ޒަމާންތަކެއް ފަހުން މިފަދަ ސަމާލުކަމަކީ، ޒިކުރުގެ ދިރުން ހުރި ހިތަކާއި، ހަމައެކަނި އާދައަކަށް ދޫ ހަރަކާތްކުރާ މީހަކާ ދެމެދުގައިވާ ފަރަގު އަންގައިދޭނެ ކަމެކެވެ.

މިއީ ﷲ ހަނދުމަކުރާ މީހާ ދިރިހުރި މީހަކާ، އަދި ހަނދުމަނުކުރާ މީހާ މަރުވެފައިވާ މީހަކާ ރަސޫލާ ﷺ ސިފަކުރެއްވި ސިފަކުރުމުގެ އަސްލެވެ.

ނިމުނީ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.