ވިހެއުމަށްފަހު ލޭގަ އަސަރު ކެނޑިގެންދިޔަސް ޖިމާޢުނުވެ 40 ދުވަސް ހުންނަންޖެހޭނެތޯ؟

ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނިފާސް ކަމުގެ ދިގު މިނަކީ ކޮބައި ކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ.

  1. ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ނިފާސްގެ އެންމެ ދިގު މުއްދަތަކީ ސާޅީސް ދުވަހެވެ. އެޔަށް ވުރެ އިތުރުވެއްޖެނަމަ، އެދެމެދުން ޙައިޟުގެ ދުވަސްވަރު ނާންނަ ނަމަ ބެލެވޭނީ އިސްތިޙާޟާ ކަމަށެވެ.
  2. އަނެއްބައި ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ނިފާސް ކަމުގެ އެންމެ ދިގު މިނަކީ ފަސްދޮޅަސް ދުވަހެވެ.
  3. ޙަސަނުލް ބަޞަރީ ދެކިލައްވާ ގޮތުގައި ނިފާސްކަމުގެ މުއްދަތު ބަލަން ޖެހޭނީ ސާޅީހާއި ފަންސާސް ދުވަހާއި ދެމެދަށެވެ. ފަންސާހަށްވުރެ އިތުރުވެއްޖެނަމަ އެއީ އިސްތިޙާޟާ އެވެ.

ނަމަވެސް މިހުރިހާ ރައުޔު ތަކަކީ ޢިލްމުވެރިންގެ އިޖްތިހާދުން ވިދާޅުވެފައިވާ ބަސްފުޅުތަކެވެ. ފުރަތަމަ ރައުޔަށް ފިޔަވާ އެހެން އެއްވެސް ރައުޔަކަށް ނައްޞެއް ލިބޭކަށް ނެތެވެ. فقد ثبت عن ابن عباس رضي الله عنهما أنه قال . النفساء تنتظر نحواً من أربعين يوماً .އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”ނިފާސްވެރިޔާ މަޑުކުރަން ޖެހޭނީ ސާޅީސް ދުވަހުގެ މުއްދަތަށެވެ“. އެބަހީ ލޭކެނޑުނުތޯ ބަލަން މަޑު ކުރަން ޖެހޭނީ ސާޅީސް ދުވަހުގެ މުއްދަތަށެވެ.

عن أم سلمة قالت : كانت النفساء تجلس على عهد رسول الله صلى الله عليه وسلم أربعين يوماً“މާތް ﷲ ރުއްސުންލެއްވި އުއްމު ސަލަމާގެ ކިބައިން ރިވާވެގެންވެއެވެ. ”ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ނިފާސްވެރިން އިންތިޡާރު ކުރަނީ ސާޅީސް ދުވަސްވަންދެކަށެވެ“.

ގިނަ ޢިލްމުވެރިން ބުރަވެ ވަޑައިގަންނަވަނީ ނިފާސްކަމުގެ އެންމެ ދިގު މުއްދަތަކީ ސާޅީސް ދުވަސް ކަމަށެވެ. ސަބަބަކީ:

  1. ޞަޙާބީން އެގޮތަށް ވިދާޅުވެފައިވުން.
  2. ޞަޙާބީންގެ ފަރާތްޕުޅުން ނިފާސްކަމުގެ އެންމެ ދިގު މުއްދަތަކީ ސާޅީސް ދުވަސް ކަމަށް އައިސްފައިވަނިކޮށް އެނޫން ގޮތަކަށް ބަދަލު ނުކުރެވުން.
  3. ގިނަ ޑޮކްޓަރުންގެ ނަޡަރުގައިވެސް ނިފާސްކަމުގެ ލޭގެ އެންމެ ދިގު މުއްދަތަކީ ސާޅީސް ދުވަސް ކަމުގައިވުން.

ނިފާސްގެ އެންމެ ކުރު މުއްދަތަކީ ކޮބައިކަމެއް ކަނޑަ އެޅިފައެއް ނުވެއެވެ. ކޮންމެ ވަގުތަކުވެސް ލޭކެނޑި ޠާހިރުވުމުން ހިނައިގަނެގެން ނަމާދުކޮށް ރޯދަ ހިފާ ހަދަންފަށަންވީއެވެ.

އެހެންކަމުން، ސާޅީސް ދުވަސްވާއިރު ނިފާސްކަމުގެ ލޭ ނުކެނޑޭނަމަ، އިތުރުވާ ބައި ބަލާނީ އިސްތިޙާޟާ ކަމަށެވެ. އިސްތިޙާޟާގެ ދުވަސްވަރުގައި ނަމާދުކޮށް ރޯދަ ހިފާ ކަންތައް ކުރެވޭނެއެވެ.

އަދި ކިތަންމެ އަވަހަށްވެސް ލޭކެނޑިއްޖެނަމަ ހިނގައިގަނެގެން ނަމާދު ކުރަން ޖެހޭނެއެވެ. އަދި ދެމަފިރި ކަމުގެ ގުޅުންވެސް ހިންގޭނެއެވެ. ސާޅީސް ވަންދެން މަޑު ކުރާކަށް ނުޖެހޭނެއެވެ. والله أعلم

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޞު ޢަބްދުއްލަޠީފު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.