”އަހަރެމެންގެ ދީން، ނިންމާނީ އަހަރެމެން“ – އަސަދުއްދީން

”އަހަރެމެންގެ ދީން، ނިންމާނީ އަހަރެމެން“ ހިޖާބާ ގުޅޭގޮތުން ކޯޓުން ކުރި ހުކުމަށް އަސަދުއްދީން އޮވޭސީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ  އެވެ.

ކޯޓުގެ ނިންމުމަކީ ”އިސްލާމްދީނަށް ދިން ޙަމަލާއެއް“ ކަމަށް ސިފަކުރައްވަމުން އަސަދުއްދީން އޮވޭސީ ވިދާޅުވީ، އިސްލާމްދީނުގައި ހިމެނޭ މުހިންމު ކަންކަމާއި ނޫން ކަންކަން ނިންމުމަކީ ފަނޑިޔާރުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިންޑިއާގެ އޯލް އިންޑިއާ މަޖިލިސް-އިއްތިހާދުލް މުސްލިމީން (AIMIM) ގެ ރައީސް އަދި ހައިދަރުއާބާދު ދާއިރާގެ މަޖިލިސް މެންބަރު އަސަދުއްދީން އޮވޭސީ ވަނީ، މުސްލިމް އަންހެން ކުއްޖަކު ސްކޫލުގައި ބޮލުގައި އަޅާ ބުރުގާ ނުވަތަ ހެޑްސްކާފް އެޅުމުގެ ހުއްދައަށް އެދި ހުށަހެޅި ޕެޓިޝަން ހައިކޯޓުން ބޭރުކޮށްލުމާ ގުޅިގެން އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ކޯޓުގެ އެ ނިންމުމަކީ ”އިސްލާމްދީނަށް ދިން ހަމަލާއެއް“ ކަމަށް ސިފަކުރައްވަމުން އޮވޭސީ ވިދާޅުވީ، ދީނުގެ އަސާސީ ކަންކަމަކީ ކޮބައިކަން ނިންމުމުގެ އިޚްތިޔާރު ފަނޑިޔާރުންނަށް ލިބިގެންނުވާ ކަމަށެވެ. ”މިއީ އަހަރެމެންގެ ދީން، އަދި ދީނުގެ އަސާސީ ކަންކަން ނިންމާނީ އަހަރެމެން. އެކަން ނިންމަން ފަނޑިޔާރުންނަކީ ކޮން ބައެއް؟ މިއީ އަހަރެމެންގެ ދީނަށް ދީފައިވާ ޙަމަލާއެއް،“ އޮވޭސީ ވިދާޅުވި އެވެ.

އޯގަސްޓް 21 ވަނަ ދުވަހު ހައިކޯޓުން ކުރި މުހިންމު ޙުކުމެއްގައި ބުނެފައިވަނީ، ތަޢުލީމީ މުއައްސަސާއަކުން ކަނޑައަޅާފައިވާ ޔުނިފޯމް ކޯޑު، އަމިއްލަ އިޚްތިޔާރުގެ ދަށުން ބަދަލުކުރުމުގެ ޙައްގު އެއްވެސް ދަރިވަރަކަށް ލިބިގެން ނުވާ ކަމަށެވެ. ސްކޫލުން ކަނޑައަޅާފައިވާ ޔުނިފޯމުގެ އިތުރުން ހެޑްސްކާފް އެޅުމުގެ ހުއްދައަށް އެދި ދަރިވަރަކު ހުށަހެޅި ޕެޓިޝަން ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ.

މި ޕެޓިޝަން ހުށަހެޅީ ޕްރަޔާގްރާޖްގެ އަމިއްލަ ސްކޫލެއްގައި ކިޔަވަމުންދާ އަންހެން ކުއްޖެކެވެ. އެ ކުއްޖާއަކީ ސާނަވީ ތަޢުލީމު ނިންމުމަށްފަހު ހަމަ އެ މުއައްސަސާގައި ގްރޭޑް 11 އަށް ވަނުމަށް އެދިފައިވާ ކުއްޖެކެވެ.

މި މައްސަލަ ބެއްލެވި ޖަސްޓިސް ޖޭ.ޖޭ މުނީރު އަދި އިންދުރަޖިތު ޝުކުލާ ހިމެނޭ ދެ ފަނޑިޔާރުންގެ ބެންޗުން ވަނީ، ބުރުގާ އެޅުމަކީ އިސްލާމްދީނުގައި ކޮންމެހެން ކުރަންޖެހޭ އަސާސީ ކަމެއް ކަމަށް ބުނެ ދެއްކި ވާހަކަތައް އިންކާރު ކޮށްފަ އެވެ.

ކޯޓުގެ ޙުކުމުގައި ބުނެފައިވަނީ، މީގެ ކުރިންވެސް މިފަދަ މައްސަލަތައް ކުރިމަތިވި ހުރިހާ ފަހަރަކުވެސް ހައިކޯޓުތަކުން އިއްތިފާޤުވެފައިވަނީ، ބުރުގާ އެޅުމަކީ އެކަން ނުކޮށްފިނަމަ ދީން ނެތިގެންދާނެ ފަދަ އަސާސީ ކަމެއް ނޫން ކަމަށެވެ.

އޮވޭސީ ވިދާޅުވި ގޮތުގައި، ދީނީ އަސާސީ ކަންކަމާ ގުޅޭ ސަބަރިމާލާ މައްސަލަ މިހާރުވެސް ސުޕްރީމް ކޯޓުން ދަނީ ބަލަމުންނެވެ. ”ސުޕްރީމް ކޯޓުން މި މައްސަލަ ބަލަމުންދަނިކޮށް، ކޯޓުގެ ފަނޑިޔާރުން މިކަމުގައި ޙުކުމެއް ކޮށްގެން ނުވާނެ،“ އޭނާ ވިދާޅުވި އެވެ. އަދި ހައިކޯޓުގެ މި އަމުރަކީ ޤާނޫނު އަސާސީގެ 19 ވަނަ މާއްދާއާއި 25 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަމިއްލަ އިޚްތިޔާރާއި މިނިވަންކަމުގެ ދަށުން ބުރުގާ އެޅުމަށް އެ އަންހެން ކުއްޖާ ކުރާ އުންމީދަށް ތާޢީދު ކުރައްވަމުން އޮވޭސީ ވިދާޅުވީ، ”އޭނާ ހިޖާބު އަޅަނީ އޭނާގެ ބޮލުގައި، އޭނާގެ ވިސްނުމުގައެއް ނޫން“ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ނިންމުމުގެ ސަބަބުން އަންހެން ކުދިންގެ ތަޢުލީމަށް ހުރަސް އެޅޭނެ ކަމަށެވެ. ”އުއްތަރަ ޕްރަދޭޝްގައި ސާނަވީ މަދަރުސާތަކަށް ވަންނަ މުސްލިމް އަންހެން ކުދިންގެ ނިސްބަތަކީ އެންމެ ދަށް އަދަދެވެ. އެމީހުން ބޭނުންވަނީ މުސްލިމް އަންހެން ކުދިންގެ ތަޢުލީމު ހުއްޓުވަން،“ އޭނާ ވިދާޅުވިއެވެ.

ސްކޫލުގެ ޔުނިފޯމް ކޯޑަކީ އިންސާފުވެރި، ތަފާތުކުރުމެއް ނެތް، އަދި މުއައްސަސާގެ އަޚްލާޤާއި ހަމަހަމަކަން ދެމެހެއްޓުމަށް އޮތް އެއްޗެއް ނަމަ، އެތެރޭގެ އުޞޫލުތަކާއި ޔުނިފޯމް ތަންފީޒުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެ މުއައްސަސާއަކަށް ލިބިގެންވާ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

މި ނިންމުމާ މެދު ނުރުހުން ފާޅުކުރައްވަމުން އޮވޭސީ ވިދާޅުވީ، ”ޔުނިފޯމް އެއްގޮތް ކުރުމަކީ ހަމަހަމަކަމެއް ނޫން“ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.