ބިން ހަލާކުވުމާއި ހަނަފަސްކަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ބައިނަލްއަޤްވާމީ ސަމިޓް (ކޮޕް17) ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

ބިން ހަލާކުވުމާއި ހަނަފަސްކަމުގެ މައްސަލަތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހައްލު ހޯދުމަށް ބާއްވާ އދ. ގެ ”ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން“ (ޔޫ.އެން.ސީ.ސީ.ޑީ) ގެ 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް17) ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މޮންގޯލިއާގެ ވެރިރަށް އުލާންބާތާރުގައި 2026 އޮގަސްޓް 14 އިން 28 އަށް ކުރިއަށްދާ މި ސަމިޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް، ރިސާޗް އެންޑް އެސެސްމަންޓް އަޙްމަދު ޝާން އަދި ސީނިއަރ ސާވެޔަރ ޢާއިޝަތު އަލްހާން ޙަމީދެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއަހަރުގެ ކޮޕް17 ގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ހަނަފަސްކަމުން އަރައިގަތުމަށް ޤައުމުތަކުގެ ވިލުންތެރިކަން އިތުރުކުރުމަށެވެ. އެގޮތުން، ހަނަފަސްކަމުން ރައްކާތެރިވުމަށް އެކުލަވާލާ ޕްލޭންތައް އަމަލީ މައިދާނުގައި ތަންފީޒުކުރުމަށްޓަކައި، ކުރީބައިގައި އިންޒާރުދޭ ނިޒާމުތައް ގާއިމުކުރުމަށާއި، ރިސްކް ފައިނޭންސިންގ ހިމެނޭ ބައިނަލްއަޤްވާމީ ސިޔާސަތުގެ އޮނިގަނޑަކާ މެދު މި ބައްދަލުވުމުގައި ދަނީ މަޝްވަރާކުރެވެމުންނެވެ.

cop17

މީގެއިތުރުން، ދަނޑުވެރިކަމަށް ބޭނުންކުރާ ބިންތަކާއި، ފަސްގަނޑު އަދި ވިނަދަނޑުތައް އަލުން އާރާސްތުކޮށް، ”ލޭންޑް ޑީގްރެޑޭޝަން ނިއުޓްރަލިޓީ“ ނުވަތަ ބިން ހަލާކުވުން ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުތަކާއި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްވެސް ބައިވެރިން އަންނަނީ ބާރުއަޅަމުންނެވެ. އަދި ހަނަފަސްކަން ދެނެގަތުމަށާއި، ފަސްގަނޑާއި ފެން މެނޭޖްކުރުމުގެ އިތުރުން، ތިމާވެއްޓާއި މޫސުމީ ބަދަލުތަކުގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ގުދުރަތީ ވަސީލަތްތައް އާރާސްތުކުރުމަށް ސައިންޓިފިކް ހޯދުންތަކުގެ ބޭނުން ހިފުމަށްވެސް މި ސަމިޓުގައި އިސްކަންދެއެވެ.

”ރީސްޓޯރިންގ ލޭންޑް. ރީސްޓޯރިންގ ހޯޕް“ ނުވަތަ ”ބިން އާރާސްތުކުރުން. އުންމީދު އާކުރުން“ މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ސަމިޓުގައި، ރާއްޖެއިން ވަނީ ކުދި ޖަޒީރާ ޤައުމުތަކާއި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އާކޮށްފައެވެ. އެގޮތުން، ރާއްޖޭގެ އެއްގަމާއި ތިލަފަޅުގެ ނާޒުކު ވެށި ހިމާޔަތްކުރުމަށްޓަކައި ފުރިހަމަ ހައްލުތަކެއް ހޯދުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި ދިވެހި ވަފުދުން ވަނީ ދީފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.