ބޭރު ފައިސާގެ އަގު އަތް ނުފޯރާ ފަށަށް އެރުމުން، އެކަންކަން އެނގުމަކީ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއް: ފައިސަލް ނަސީމް

ދައުލަތުގެ މާލީ ނިޒާމު ބޮއްސުންލައި، ބޭރު ފައިސާގެ އަގު އަތް ނުފޯރާ ފަށަށް އެރުމުން އެކަމުގެ މައުލޫމާތު އެނގުމަކީ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ޙައްޤެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް މިހެން ވިދާޅުވީ މިއަދު އެމަނިކުފާނުގެ ރަސްމީ ’އެކްސް‘ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެ ޕޯސްޓުގައި ފައިސަލް ވިދާޅުވެފައިވަނީ، މުޖުތަމަޢުގައި ހިނގާ ބޮޑެތި ކުށްތަކާއި، ދައުލަތުގެ ތެރޭގައި ހިންގާ ކޮރަޕްޝަނާއި، ރިޝްވަތާއި، ފަސާދައިގެ އަމަލުތަކުގެ އިތުރުން ވެރިކަމުގެ އާރާއި ބާރުގެ ބޭނުންކޮށްގެން ހާސިލުކުރާ ނާޖާއިޒު ފައިދާގެ ވާހަކަތައް އެނގުމަކީ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއް ކަމަށެވެ. އަދި ސަރުކާރުގެ ނާޤާބިލުކަމުން ދައުލަތުގެ މާލީ ނިޒާމު ބޮއްސުންލައި، ބޭރު ފައިސާގެ އަގު އަތް ނުފޯރާ ފަށަށް އަރައިގެންދާއިރު، އެ މައުލޫމާތުތައް ރައްޔިތުންނަށް ސާފުވާންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27، 28 އަދި 29 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކެއްކަން ފާހަގަކުރައްވަމުން، ފައިސަލް ވިދާޅުވީ މި ޙައްޤުތައް ނިގުޅައިގަތުމަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއިން ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއް ކަމަށެވެ.

ފައިސަލް ވަނީ ޤާނޫނުއަސާސީގެ ހުރުމަތަށް ބެލުމެއްނެތި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނުފޫޒުގެ ދަށުގައި ބައިތިއްބައިގެން، މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ނަގަހައްޓަމުން އަންނަ އަސާސްތައް ނެތިކޮށްލުމަށް ސަރުކާރުން ހިންގާ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ޑޮލަރުގެ ކަޅު ބާޒާރުގެ އަގުތައް އާންމުކުރާ މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް މާލިއްޔަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

”ސަރުކާރުގެ އަތުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތުމުން، މެޖޯރިޓީން ފާސްކުރާ ކޮންމެ ބިލެއް ޤާނޫނަކަށް ވާއިރު، އެކަމުގެ ސަބަބުން ދެން ތިބޭ ރައްޔިތުންނަށް ކުރާނެ އަސަރާއި، އެކަމުން ނިކުންނާނެ ނަތީޖާއާ މެދު ވެސް ވިސްނާލުމަކީ ކުރަން ޖެހޭ ކަމެއް،“ ފައިސަލްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ނިންމަވާލައްވަމުން ފައިސަލް ވިދާޅުވީ، މިފަދަ ކަންކަމުން ފެންނަނީ ޤައުމު އޭގެ ޒާތުގައި ނެތިގޮސް، ޤައުމުވަންތަކަން ހަލާކުވެ ފުނޑުފުނޑުވަމުންދާ މަންޒަރު ކަމަށެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި، ވެރިކަން ދިފާއު ކުރުމަށްޓަކައި ސަރުކާރުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން މިއިން ހާމަވާ ކަމަށާއި، މިއީ ރައްޔިތުން މިކަންކަމާމެދު ފުންކޮށް ވިސްނައި، އެހެން ގޮތެއް ހޯދަން ޖެހިފައިވާ މައިގަނޑު ސަބަބު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފައިސަލް ނަސީމް މިހެން ވިދާޅުފައިމިވަނީ ޑޮލަރުގެ އަގު ހިފެހެއްޓުމަށްޓަކައި ކަޅުބާޒާރުގައި ޑޮަލަރު ވިއްކާނަމަ 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.